އެމްޕީއެލްގެ ސާފު ފައިދާ 27.8 މިލިޔަން ރުފިޔާއިން 59.9 މިލިޔަން ރުފިޔާއަށް އިތުރުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމްޕީއެލްގެ ސާފު ފައިދާ 27.8 މިލިޔަން ރުފިޔާއިން 59.9 މިލިޔަން ރުފިޔާއަށް އިތުރުވެއްޖެ!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސާފު ފައިދާ 27.8 މިލިޔަން ރުފިޔާއިން 59.9 މިލިޔަން ރުފިޔާއަށް އިތުރުވެ، އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެއެވެ. މިއީ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކާފައިވާ ހިސާބުތަކެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، އެމްޕީއެލްގެ ޖުމްލަ އާމްދަނީ ވަނީ 860.5 މިލިޔަން ރުފިޔާއިން 949.9 މިލިޔަން ރުފިޔާއަށް ކުރިއަރާފައެވެ. ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޯޓުފަހަރަށް މުދާ ބަރުކުރުމާއި މުދާ ހުސްކުރުމުގެ ޚިދުމަތްތަކުންނެވެ. އެގޮތުން، މުދާ ބޯޓަށް ބަރުކުރުމުގެ ޚިދުމަތުން 314 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ބޯޓުން މުދާ ހުސްކުރުމުގެ ޚިދުމަތުން 276 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެއިތުރުން، އެހެނިހެން ކުންފުނިތަކަށް ދިން ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަށް ފޯރުކޮށްދިން ޚިދުމަތްތަކުންނެވެ. އެއީ 162 މިލިޔަން ރުފިޔާއެވެ. ހަމައެއާއެކު، ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ކުރި ޚަރަދު ވަނީ 675.7 މިލިޔަން ރުފިޔާއިން 645.8 މިލިޔަން ރުފިޔާއަށް ދަށްކުރެވިފައެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، އެމްޕީއެލްގެ މި މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަޤުވާމީ މާލީ މިންގަނޑުތަކާ އެއްގޮތަށެވެ.

މިއަދު އޮންލައިން