ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް މެންހަޓަން ގްރޭންޑް ހޮޓަލުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް މެންހަޓަން ގްރޭންޑް ހޮޓަލުގައި ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ހަރަކާތެއް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026، މި މަހުގެ 7 އިން 9 އަށް ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި ފަށައިފިއެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒު އެވެ.

މިއަހަރުގެ ފެއާގައި ދުނިޔޭގެ 22 އަށްވުރެ ގިނަ ޤައުމުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި، ބައިނަލްއަޤްވާމީ 4 ޤައުމީ ޕެވިލިއަން ބައިވެރިވެއެވެ. ޖުމްލަ 120 އަށްވުރެ ގިނަ އެގްޒިބިޓަރުން މި އެގްޒިބިޝަންގައި ހަރަކާތްތެރިވަމުންދެއެވެ.

މީގެ އިތުރުން 600 އަށްވުރެ ގިނަ ޝެފުން ބައިވެރިވާ ތަފާތު އެކި މުބާރާތްތައް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ. މި ހަރަކާތުގެ މައިގަނޑު އެއް ބޭނުމަކީ ބައިނަލްއަޤްވާމީ ސަޕްލަޔަރުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.

މިއަދު އޮންލައިން