މި ސަރުކާރުން 99 މަސްކަނދު އަޅައިފި؛ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމަށް އިސްކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މި ސަރުކާރުން 99 މަސްކަނދު އަޅައިފި؛ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމަށް އިސްކަމެއް!

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 99 މަސްކަނދު އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެކެވެ.

މިހާތަނަށް ގާއިމުކުރެވުނު 99 ކަނދުފަތީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ 47 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިން އަދި ފަރު މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ 52 ވަދު ކަނދުފައްޗެވެ.

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތަކީ މި މަހުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ މަސައްކަތް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ އަދި ސެޕްޓެމްބަރު މަސް ނިމޭއިރު ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ބޮޑުބައި އަލުން ގާއިމުކުރެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ކަނދުފައްޗަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރާއި މޫސުމީ ބަދަލުތަކާއެކު އަވަހަށް ކަނޑައިގެން ދިއުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ރާއްޖޭގައި ކުރިން ބޭނުންކުރަމުންދިޔަ 40 އަހަރުވީ ބާ ޑިޒައިންގެ ބަދަލުގައި ގެނެވުނު އައު ފަރުމާއާއެކު، ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން