ކައިވެނިކުރަން ތައްޔާރުވަމުން އަންނައިރު ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިޒަމާނުގައި އެކަންކަމުގެ ތެރެއަށް އެއްދާންކުރުމުގެ ކަންކަންވެސް ފައްތައެވެ. ބުނަންހެއްޔެވެ؟ ދަސްކުރަންވެސް ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއްކޮށްގެން ނުވާނެއެވެ. ބަރަހަނާ ވީޑިއޯއާއި މަންޒަރު ބަލައިގެން ނުވާނެއެވެ. އެއީ ޙަރާމް ކަމެކެވެ. ތަޖުރިބާކުރުމުގެ ގޮތުން ކުރިނަމަވެސް އެކުރެވެނީ އެންމެ ބޮޑު ފާފައެކެވެ. އެއރުންވާނީ ﷲ ތަޢާލާއަށް އުރެދުނު މީހަކަށެވެ.
އެއީ އަހުރެންނަށް ވަރަށް ރަނގަޅަށް އެނގޭ އަންހެނެކެވެ. ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާ ނެރުނު މައްސަލައަކީ ތަޖުރިބާ ނެތްކަމެވެ. އަނބިމީހާގެ ޖަވާބަކީ ތަޖުރިބާ ނެތީ ޢިއްފަތްތެރިކަމުގައި އިނީމައެވެ. ފިރިމީހާއަށް ނޫނީ ހަށިގަނޑުގައި ބީހިލުމުގެ ފުރުޞަތުވެސް ނުދޭން ޢަޒުމް ކަނޑައަޅައިގެން ކެތްތެރިވީތީއެވެ. ބޭނުންނަމަ މިހާރު ދޫކޮށްލިޔަސް މައްސަލައެއް މައްސަލައެއް ނެތެވެ. އަހުރެން ބޭނުންވަނީ ތިބާގެ ރުހުމެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ."
ފިރިމީހާ އައީ ރުޅިއެއް ނޫނެވެ. ވަޤުތުން ކުރީ ޝުކުރުގެ ސަޖިދައެވެ. ތެދުވެ ބުނީ ތިބާފަދަ އަންތބަކު ލިބުނުކަން އެއީ ﷲ ލެއްވެވި އެންމެ ބޮޑު ރަޙްމަތެވެ. ދުވަހަކުވެސް ތިބާގެ ހިތުގައި ނުޖެއްސުމަށާއި ޢުމުރަށް އެކުގައި އުޅެން ﷲ ގަންދީ ވަޢުދުވަމެވެ.
އެދެމަފިރިންގެ ކައިވެންޏަށް މިހާރު 4 ދަރިން ލިބިއްޖެއެވެ. އަދިވެސް އުޅެނީ އެންމެ އުފަލުގައެވެ. ދެމީހުންގެވެސް އެންމެ ބޮޑުބޭނުމަކީ އެކުގައި ސުވަރުގެ ވަނުންކަމަށް ހަދައިގެންނެވެ. އެއަށްވުރެ ބޮޑު އުފާވެރިކަމަކީ ކޮބައިހެއްޔެވެ؟
ވީމާ އަހުރެންގެ ނަޞީޙަތަކީ ހުރިހާ އަންހެނުންވެސް އަދި ފިރިހެނުންވެސް އަހުރެންގެ މިނަޞީޙަތްކޮޅުގައި ހިފެހެއްޓުމެވެ. އެއިރުން ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް އޮއްސަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން