އެހެން މީހުން އަޅައިގަންނަވަރަށް ސިފަރީތި ނުވުމަކީ އެމީހަކަށް އެންމެ ފައިދާކުރާނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެހެން މީހުން އަޅައިގަންނަވަރަށް ސިފަރީތި ނުވުމަކީ އެމީހަކަށް އެންމެ ފައިދާކުރާނެ ކަންތައް!

ގިނަ ބައަކު ކަންބޮޑުވަނީ ސިފަ ރީތިނުވެގެންނެވެ. އެއީ އެކަމުން އެމީހުންނަށް ލިބޭ ގެއްލުންތަކުގެ ބޮޑުކަން ނުވަތަ ލިބޭ ދެރައިގެ ބޮޑުކަން ނުވިސްނޭތީއެވެ.  

އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަހުރެން ފާހަގަކުރާނީ އެހެން މީހުންގެ ޙަސަދަވެރިކަމެވެ. އެމީހަކާއި ކައިވެނިކުރެވެން ނެތް މީހުންވެސް ޙަސަދަވެރިވާނެއެވެ. އެމީހާގެ ޙަޔާތުގެ ބައިވެރިއަކު ހުރިނަމަ އެމީހަކަށްވެސް ޙަސަދަވެރިވާނެއެވެ. އެޙަސަދަތައް އެސްފީނާއަށް ބަދަލުވެ އެމީހެއްގެ ދިރިއުޅުމަށް އެކަމުގެ އަސަރުކުރާނެއެވެ.  

އެއިގެ އިތުރުން އެމީހަކާއިމެދު ކޮންމެވެސް ވާހަކައެއް ފަތުރައިގެން އަގުވައްޓާލަން މަސައްކަތްކުރާ މީހުންވެސް ގިނަވާނެއެވެ. އެގޮތުން އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތައްވެސް ފަތުރާނެއެވެ. މިކަންކަމަކީ ބޮޑެތި ފާފަތައް ނަމަވެސް އެކަމަށް ވިސްނާނީވެސް މަދު މީހެކެވެ.  

ސިފަ އެހައި ރީތި ނޫންނަމަ ސަމާލުކަންދޭނެ މީހުން ވަރަށް މަދުވާނެއެވެ. ވީމާ މިބުނި ފަދަ ކަންކަމުން ލިބޭ ގެއްލުން ވަރަށް ކުޑަވާނެއެވެ. ނަތީޖާއަކަށްވާނީ ހަމަޖެހިލައިގެން އުފަލުގައި އުޅެވުމުގެ ފުރުޞަތު ބޮޑުވުމެވެ.  

އެހެންވެ ބުއްދިވެރި ފިރިހެނުންވެސް އަދި އަންހެނުންވެސް ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި މިކަންކަމަށް ވިސްނާނެއެވެ. ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނީ އެއިރުންކަމަށްވާތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން