ދިވެހި ސަރުކާރާއި އައިޓީއެފްސީއާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިވެހި ސަރުކާރާއި އައިޓީއެފްސީއާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ޙަސަން ޒަރީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާއެވެ.

މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ސަރުކާރާއި އަމިއްލަ ދާއިރާގެ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަސާސީ މުދާ އެތެރެކުރުމާއި ބޭރުކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޝަރުތުހަމަވާ އަމިއްލަ ކުންފުނިތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ގައުމީ އިސްކަންދޭ ދާއިރާތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުމުގެ ހިދުމަތްތައް ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން