ޞަދަޤާތް ދޭންޖެހޭ ހިނދު، ބައެއް ފަހަރު ޝައިޠާނާ ތިޔަބައިމީހުންގެ ގާތަށް އައިސް ފަޤީރުވެދާނެކަމުގެ ބިރުދައްކައެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 268 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ ۖ وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ ﴿٢٦٨﴾
މާނައީ: “فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (268)”
މުއުމިނުންނާ ބެހޭގޮތުން ﷲ ވަޙީކުރައްވަނީ، އެބައިމީހުން ﷲ އަށް ތަވައްކުލްކުރެއެވެ (ވަކީލުކުރެއެވެ). އެބައިމީހުން ޣައިބަށް އީމާންވެއެވެ. ފައިސާއަކީ ﷲގެ ޙަޟްރަތުން އަންނަ އެއްޗެއްކަން އެބައިމީހުން ޤަބޫލުކުރެއެވެ. ތިމަންނައަށް ކެއުމަށް ލިބެން އޮތް އެއްޗެއް ނުވަތަ ރިޒުޤެއް، ތިމަންނައަށް ލިބޭނެއެވެ. އެއީ ތިމަންނައަށް ލިބެން މިންވަރުކުރައްވާފައިވާ އެއްޗެއްނަމަ، ތިމަންނައަށް އެއިން ފައިދާ ކުރާނެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވައެވެ: وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾
މާނައީ: އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. (3)"
މީގެ ސަބަބުން ތިބާގެ އިމާންކަން ކުރިއަރައިގެންދެއެވެ. ތިމަންނަގެ ވެރިރަސްކަލާނގެއާ މެދު ތިމަންނައަށް މިކަން އެނގިގެންދިޔައެވެ. އެކަލާނގެ ތިމަންނަގެ އަމިއްލަ ނަފްސާ މެދު މިކަން ތިމަންނައަށް އުގަންނައިދެއްވިއެވެ.
މީގެ ނަތީޖާއަކީ ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 285 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَقَالُوا سَمِعْنَا وَأَطَعْنَا ۖ
މާނައީ: އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ.
އެނގިގެން މިދިއައީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ފަޤީރުވެދާނެކަމުގެ ބިރަށް ޞަދަޤާތް ނުކުރާ މީހާ އެކަން ދެކޭނެކަމެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް އުރެދި ޝައިޠޯނާގެ ބަހަށް ގެއްލުނީތީއެވެ.