އިސްލާމް ދީނުގަ ލޯބިކުރުމަށް ދެއްވަވާފައިވާ މަތިވެރިކަން އެނގޭ މީހަކު އެންމެ ކުޑަމިނުން ކުނިމޫނުވެސް ބައިވެރިޔާއަށް ނުދައްކާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިސްލާމް ދީނުގަ ލޯބިކުރުމަށް ދެއްވަވާފައިވާ މަތިވެރިކަން އެނގޭ މީހަކު އެންމެ ކުޑަމިނުން ކުނިމޫނުވެސް ބައިވެރިޔާއަށް ނުދައްކާނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ލޯބިވުމާއި ލޯބިކުރުމަކީ ބައްދައި އޮޅުލުން ނުވަތަ ޙާޞިލްކުރަން ބޭނުންވާ ކަންތައްތަކެއް ޙާޞިލުކުރުން ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި އެކަން ލައްވަވާފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެންމެ ގިނަ ޘަވާބު ހޯދެން އޮތް އަޅުކަމެއްގެ ގޮތުގައެވެ. 

ނިކަން ވިސްނައިލަބަލާށެވެ. ލޯބިން ހިނިތުންވެލުމަކީ އަޅުކަމެކެވެ. ލޯބިން ވާހަކަދައްކައިލުމަކީވެސް އަޅުކަމެކެވެ. ލޯބިން ބޮސްދިނުމަކީވެސް އަޅުކަމެކެވެ. ޚުލާޞާކޮށްބުނާނަމަ ލޯބިން ދެމަފިރިން ކުރާ ކޮންމެ ކަމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ދެމަފިރިން އެކުގައި ހޭދަކުރާ ވަޤުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ހަމައެކަނި ދުނިޔޭގެ އުފަލަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ދުނިޔޭގެ އުފަލާއި ޘަވާބާއި ދެބައިވެސް އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ދުނިޔޭގެ އުފަލާއި އާޚިރަތްވެސް ދާނީ ޙާޞިލުވަމުންނެވެ. މިކަންކަން ވިސްނޭނަމަ ދެމަފިރިން އެކަކު އަނެކަކަށް އެންމެ ކުޑަމިނުން ކުނިމޫނުވެސް ނުދައްކާނެއެވެ.  

ދެން އޮތީ އެންމެ މަތީދަރަޖައެވެ. އެއީ އަޅުކަންކުރަން އެކަކު އަނެކަކަށް އެހީތެރިވެ ހިތްވަރުދިނުމެވެ. އެއިރުން އެދެމަފިރިއެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން