ބައިވެރިޔާއާއެކު އުފަލުގަ އުޅެވޭނީ ހަށިގަނޑަށްވުރެ ހިތް ޒީނަތްތެރިކުރެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ބައިވެރިޔާއާއެކު އުފަލުގަ އުޅެވޭނީ
ހަށިގަނޑަށްވުރެ ހިތް ޒީނަތްތެރިކުރެވިގެން!

 

ވިސްނާށެވެ! ޒަވާޖީ ޙަޔާތް އުޖާލާކުރަން ނުވަތަ ރަނގަޅު ބައިވެރިއަކު ހޯދަން ބޭނުންވެގެން ރީތި އަގުބޮޑު ފޭރާންލައި ޒީނަތްތެރިވުމާއި މޫނުގައި ކުލައުނގުޅައި ޒީނަތްތެރި ކުރުމަކީ ގިނަ ބައަކު ކުރާ ކަމެކެވެ. ނަމަވެސް އެއީ އެންމެ މުހިންމުކަންތައްކަމާއިމެދު ވިސްނާލަންޖެހޭ ސަބަބަކީ ރީތިކުރަންވީ މޫނު ނޫންކަމަށްވެފައި ރީތިކުރަންވީ ހިތްކަމުގައިވާތީއެވެ. ވީމާ މިބުނިމަގުން ޒީނަތްތެރިވުމަކީ ކައިވެންޏަށްފަހުގައި ކުރާކަމަކަށް ހަދާށެވެ!

މޫނު މޭކަޕްކުރަން އެވަރަށް ތިއަ މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހަކު ލޯބިވާނީ މޭކަޕަކަށް ނޫނެވެ! ޙަޤީޤީ ސިފަތަކަށެވެ! އަސްލު ސޫރައަށެވެ!

 

ބައެއް އަންހެނުންނަށް އެ ލަނޑު ލިބެއެވެ. މޭކަޕް ފިލުމުން އަޞްލު ސިފަ ފެންނައިރު މުޅިން އެހެން އަންހެނެއްގެ ގޮތުގައި ފެނުމުން ހޮޑުލަވާ ކަމަށްބުނެ މީހުން ދައްކާ ވާހަކައިގެ އަޑުއިވެއެވެ. އެފަދަ ޕޯސްޓްތައްވެސް ފެނެއެވެ. މިއީ ދައްކައިގެން ނުވާނެ ވާހަކައެއް ނަމަވެސް އެފަދަ ވާހަކަތައްވެސް މީހުން ދައްކައެވެ. މަލާމާތްކޮށް ފޮޓޯ ވެސް ހާމަކުރެއެވެ.

 

ޙައްލަކީ: އުފާވެރިކަން ބޭނުންނަމަ ރީތިކޮށް އޮފް އަރުވަން މަސައްކަތްކުރަންވީ މޫނެއް ނޫނެވެ. ސާފުތާހިރުކުރަންވީ ހިތެވެ. އެހެނީ އިންސާނާގެ ރީތިކަން ވަނީ މޫނަކު ނޫނެވެ. އަޚްލާޤްގައެވެ. އަޚްލާޤް މޭކަޕްކޮށްދޭނީ ހިތެވެ.

 

ވީމާ މަސައްކަތްކުރަންވީ ހިތް މޭކަޕް ކުރުމަށެވެ. ހިތް މޭކަޕްކުރުމަކީ ހިތް ސާފުކޮށް ޠޯހިރުކުރުމެވެ. އެކަން ކޮށްދޭ ބާރަކީ އީމާންކަމާއި ތަޤްވާވެރިކަމެވެ. ވީމާ މުޅި ދިރިއުޅުން އުޖާލާ ކުރުން ގުޅިފައި މިވަނީ އީމާންތެރިކަމާއި ތަޤްވާވެރިކަމާއިއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން