ދެވަނަ ކައިވެންޏަށް އަނބިމީހާގެ ރުހުމަށްވުރެ މުހިންމީ ޝަރުޠު ހަމަވުން! ޝަރުޠުހަމަވާނީ މިހާރު ތިބި އަނބިދަރިންނަށް ޚަރަދުކުރެވޭނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެވަނަ ކައިވެންޏަށް
އަނބިމީހާގެ ރުހުމަށްވުރެ މުހިންމީ ޝަރުޠު ހަމަވުން! ޝަރުޠުހަމަވާނީ މިހާރު ތިބި
އަނބިދަރިންނަށް ޚަރަދުކުރެވޭނަމަ!

 

 އަޅުގަނޑުގެ އެންމެ ގާތް

އެކުވެރިޔާއަކީ އަޅުގަނޑުފަދަ އުޚުތެކެވެ. ކައިވެންޏަށް 12 އަހަރެވެ. 3 ދަރިން އެބަތިއްބެވެ. ކޮންމެހެން އޭނާގެ ނިކަމެތިކަން އިޝްތިހާރުކުރާކަށް ނޫނެވެ. މަހުގެ 15 ގެ ފަހުން އެގެއަށް ވަދެފައި އެހީއެއް ނުވެ ނުކުންނަން އުނދަގުލެވެ. އޭނާ އެހީއަށް އެދޭތީއެއް ނޫނެވެ. އުޅޭ ނިކަމެތި ޙާލު ފެނުމުން އަސަރުކުރާތީއެވެ. އެކަމަކު މިހާރުވެސް ދެމަފިރިން އުޅެނީ މައްސަލަޖެހިގެންނެވެ. ދެއަންތބަށް ކައިވެނިކުރަން ނުރުހިގެންނެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ފުދޭކަމަށް ކޯޓުގައި އެއްބަސްވާން ދެކޮޅުހަދާތީއެވެ.

މިއީ ވެސް ކިޔުންތެރިއެއްގެ ބަސްކޮޅެކެވެ.

އެމީހެއްގެ އަނބިދަރިންގެ ބޭނުންތައް ފުއްދައިދޭން ނުކުޅެދޭ ޙާލުގައިވެސް 2 ވަނަ ކައިވެންޏެއްކުރަން އަނބިމީހާ ނުރުހޭތީ އެކަން ޝަކުވާއަކަށް ހަދައި އަނބިމީހާއާއިމެދު އިހާނެތި ގޮތްގޮތަށް ކަންކަންކުރާކަމުގެ ޝަކުވާތައް އަަބދުވެސް ލިބެއެވެ. ޙައްލަކީ ކޮބައިތޯ ސުވާލުވެސް ކުރެއެވެ.

އެފަދަ ސުވާލުތައް ކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

"އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ.

އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާޢިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.

ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެއެވެ. އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ؟"

--ޝައިޚް މުޙައްމަދު ޝާފިޢު


 

މިއަދު އޮންލައިން