ތިބާއަށް އުނދަގޫތަކާއި ނުކުޅެދޭ ހާލަތްތަކާ ކުރިމަތިވިޔަސް އުއްމީދު ކަނޑާނުލާށެވެ: ޝައިޚް އަދްނާން މެންކް

ކިޔުމަށް ހޭދަވާނީ 2މ 28ސ
ތިބާއަށް އުނދަގޫތަކާއި ނުކުޅެދޭ ހާލަތްތަކާ ކުރިމަތިވިޔަސް އުއްމީދު ކަނޑާނުލާށެވެ: ޝައިޚް އަދްނާން މެންކް

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ ‎﴿٢٨﴾‏

މާނައީ: "އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން حمد ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. (28)" 

އެއާއެކު، ތިބާ އުނދަގޫތަކާއި ތަކުލީފުތައް ތަޙައްމަލުކުރަމުންދާއިރު، އަދި ބުރަކޮށް މަސައްކަތްކުރަމުން ގޮސް އުއްމީދު ކެނޑޭ ހިސާބަށް ދާ ހިނދު، ﷲ އެކަމަށް ނަޞްރާއި ކާމިޔާބީ ފޮނުއްވައިދެއްވަވައެވެ. ﷲ އެ އުފާވެރި ޚަބަރު ފޮނުއްވައެވެ. ﷲ ތިބާއަށް އެހީތެރިވެވޮޑިގަންނަވައެވެ. 

އަދި ޝޫރާ ސޫރަތުގެ 28 ވަނަ އާޔަތް ނިމޭއިރު ﷲ ތަޢާލާ ވަޙީކުރައްވަނީ

وَهُوَ الْوَلِيُّ الْحَمِيدُ ‎﴿٢٨﴾‏

މާނައީ: އަދި އެކަލާނގެއީ، ގިނަގިނައިން حمد ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. (28)"

އިބްރާހީމްގެފާނުގެ ޤައުމުގެ މީހުން، އެކަލޭގެފާނާ ދެކޮޅަށް ރޭވި މަކަރުވެރި ރޭވުންތަކަށް ވަކީލުކުރެއްވިއެވެ. އަދި ދުޢާ ކުރެއްވިއެވެ. އިބްރާހީމްގެފާނު ކުރެއްވި ދުޢާ، މުމްތަޙިނާ ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ‎﴿٤﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (4)"


- ޝައިޚް އަދްނާން މެންކްގެ ދަރުސަކުން

މިއަދު އޮންލައިން