ވަކިވެ ދުރަށްދާން ނިންމައިފި މީހަކަށް ސަލާން ނުޖަހައި އެފުރުޞަތުދީފަ މިމަގުން ޢަމަލުކުރީމާ ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ވަކިވެ ދުރަށްދާން ނިންމައިފި މީހަކަށް ސަލާން ނުޖަހައި އެފުރުޞަތުދީފަ މިމަގުން ޢަމަލުކުރީމާ ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ކައިވެނީގެ ގުޅުންވެސް އަދި އެކުވެރިކަމުގެ ގުޅުންވެސް ދަމަހައްޓަން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް ވަކިވެގެން ދިއުމަށް ނިންމައިފިނަމަ ސަލާން ނުޖަހާށެވެ! އަހުރެމެން އާދޭސްކޮށް ސަލާންޖަހަން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  

ބުނަން ހެއްޔެވެ؟ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ އެހެން މީހުން ރުއްސަން ނުވަތަ އެހެން މީހުންގެ ރުހުން ހޯދަން މަސައްކަތްކުރެވޭކަމެވެ. ތިމާއަށް އެންމެ މުހިންމު މީހުންކަމަށް ޤަބޫލުކުރެވޭ މީހުން ތިމާއާއި ވަކިވާން އުޅޭނަމަ އެކަން ހުއްޓުވަން މަސައްކަތްކުރެވޭކަމެވެ. 

މިޘާލަކަށް ބުނާނަމަ ޢާއިލާގެ މީހަކު ނުވަތަ އެންމެ ގާތް އެކުވެރިން ނުަވަތަ އެކުގައި ވަޒީފާ އަދާކުރާ މީހުން ފަދަ މީހަކު ތިބާ އާއި ދުރުހެލިވާނަމަ އެކަން ގިނަބައަކަށް ވަނީ ވަރަށް ބޮޑު ކަމަކަށެވެ. އެހެންވެ އެމީހުންގެ ރުހުން ހޯދަން ކުރެވުނުހައި ކަންކަމެއް ކުރެއެވެ.  

އަހުރެންގެ ވިސްނުން މުޅިން ތަފާތެވެ. ދުރުވާން އުޅޭ މީހާ ދުރުވާން ފުރުޞަތުދޭށެވެ. އެކަމުން އެމީހަކަށް ލިބެނީ ރަނގަޅެއްކަން ނުވަތަ ނޫންކަން ތަޖުރިބާކުރުމުގެ ފުރުޞަތު އެމީހަކަށް ދޭށެވެ. އަދި އެމީހަކަށް ޢަދާވާތްތެރިވެސް ނުވާށެވެ! ޔަޤީންވާ ކަމަކީ އެމީހަކަށް ކަންކަން ވިސްނުމުން ހެޔޮ ވިސްނުން ލިބޭނެކަމެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެންގެ އެންމެ ގާތުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. ﷲ ތަޢާލާގެ މަގުގައި އަހުރެމެން ތިއްބައި އަހުރެމެންނަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. އަދި މީހަކު އަހުރެމެންނާއި ވަކިވެގެންދާނީވެސް އެކަމުން އަހުރެމެންނަށް ވާނެ ރަނގަޅެއް އޮތުމުންނެވެ. ވީމާ އަހުރެމެން ކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބުމެވެ. އަދި އެއްވެސް މީހަކަށް ދެރައެއް ދޭން އެއްވެސް ކަމެއް ނުކުރުމެވެ.  

ދުނިޔޭގެ ޙަޔާތްކަމުގައިވީނަމަވެސް އަދި ޢާޚިރަތް ކަމުގައިވީނަމަވެސް ކާމިޔާބުކުރެވެން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ވީމާ ދުނިޔޭގެ ޙަޔާތް ކާމިޔާބުކުރަން ނަމަވެސް އަދި އާޚިރަތް ކާމިޔާބުކުރަން ނަމަވެސް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ޘާބިތުވެތިބޭށެވެ. އެހެން މީހުންނާއިމެދު ވިސްނަން ވަޤުތު ނަގައިލުމުގެ ބަދަލުގައި ތިމާގެ ޙަޔާތް ބާއްޖަވެރިކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! އެމީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން