އަޢުރަ ނިވާކުރަން އޮތީ ވަކިކަމެއް ކުރުމަކަށް ނޫން! ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަޢުރަ ނިވާކުރަން އޮތީ ވަކިކަމެއް ކުރުމަކަށް ނޫން! ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް!

ޢިލްމްވެރިންނަކީވެސް އިންސާނުންނެވެ. ވީމާ ޚިޔާލުތަފާތުވުން ހުންނާނެއެވެ. ނަމަވެސް ދީނުގެ އެއްވެސް ޙުކުމަކަށް ދެބަހެއް ނުވާނެއެވެ. ވީމާ ތިމާކުރަން ބޭނުންވާ ގޮތަކަށް ކަންކަން ކުރުމަށްފަހު އެހެން މީހުންގެ ބޮލުގައި ނުއަޅުވާށެވެ. އެއީ ކުރެވޭ ކުށުން ސަލާމަތްވެވޭނެ ސަބަބެއް ނޫނެވެ. 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އަޢުރަ ނިވާކުރަންޖެހެނީ ވަކި ކަމެއް ކުރަންވުމުން ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އަޢުރަ ނިވާކުރަން އެންގެވި އާޔަތުގައި އޮތީ އަޢުރަ ނިވާކުރަންޖެހެނީ ކޮންބައެއްގެ ކުރިމަތީގައި ކަމެވެ.  

ބިރުވެތިވާށެވެ! ނަމާދަށް ހުންނައިރު ތިބާއަށް ބައްލަވައި ވޮޑިގެންވާ ﷲ ތަޢާލާ ތިބާ ކޮންމެ ކަމެއް ކުރަން ކޮންމެ ތަނެއްގައި ހުރިނަމަވެސް ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ. ތިބާއަށް އޮތީ ތިބާގެ އަޢުރަ އެބައެއްގެ ކުރިމަތީގައި ނިވާކުރަންޖެހޭ އެންމެންގެ ކުރިމަތީގައި ނިވާކުރުމެވެ. ހުއްދަނޫން ބައެއްގެ ކުރިމަތީގައި އަޢުރަ ކަޝްފް ނުކުރުމެވެ.  

މިކަން ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.  

"ކޮންސްޓްރަކްޝަން ސައިޓްތަކަށް ވަންނައިރު ނުވަތަ ބުރިޖް މައްޗަށް ސައިކަލުގައި އަރާއިރު ސަލާމަތީ ސަބަބަށްޓަކައި ބޮލުގައި ހެލްމެޓް އަޅާފަދައިން ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށްޓަކައި ޢައުރަނިވާކުރަންޖެހެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

އަޢުރަ ނިވާކުރަން ބުނެވޭ ބުނުން އަމާޒުވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށްވެސް އަޢުރަނިވާކުރަންޖެހެއެވެ. އަޢުރަނިވާނުވާ ސޯޓުކޮޅުތައް ލައިގެން އުޅުން ހުއްދަވެގެނެއް ނުވެއެވެ. ފިރިހެނާގެ އަޢުރައަކީ ފޫޅާއި ކަކުލާއި ދެމެދެވެ. ކުޅިވަރެއް ކުޅެން ނަމަވެސް އެހެންކަމެއް ކުރަން ނަމަވެސް އެމިންގަނޑަށް ބަދަލެއް ނުގެނެވޭނެއެވެ!  

- މިއަދުނޫސް

 

މިއަދު އޮންލައިން