މުލަކަތޮޅު މަޑުއްވަރީގައި އަލަށް ގާއިމުކުރެވުނު ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީކޯޓް، ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ވޮލީކޯޓް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މ. މަޑުއްވަރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢަކީ ކުޅިވަރު ވުޒާރާގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވައިގެން ގާތްގަނޑަކަށް 6 މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރެވުނު މަޝްރޫޢެކެވެ.
މީގެއިތުރުން، މ. މަޑުއްވަރީގައި ސަރުކާރުން ޤާއިމުކުރަމުންދާ އައުޓްޑޯ ޖިމްގެ މަސައްކަތުގެ 97 އިންސައްތަ މިހާރު ނިމިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.