"ދިވެހިންގެ ރާއްޖެ" ބިނާކުރުމުގެ ސިޔާސަތު 2027ގެ ބަޖެޓުން ފެންނާނެ: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
"ދިވެހިންގެ ރާއްޖެ" ބިނާކުރުމުގެ ސިޔާސަތު 2027ގެ ބަޖެޓުން ފެންނާނެ: އަބްދުއްރަހީމް

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިޔަން ރުފިޔާގެ ބަޖެޓަކީ ދިވެހިންގެ މާދަމާގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްޤީ ފުރިހަމައަށް ކަށަވަރުކޮށްދޭނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރެވެ. ޖުމްލަ 59.7 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ބަޖެޓެކެވެ.

ބަޖެޓް ހުށަހެޅުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، "ދިވެހިންގެ ރާއްޖެއެއް" ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި ސިޔާސަތުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު ކަންކަން މި ބަޖެޓުން ވަރަށް ސާފުކޮށް ފެނިގެންދާ ކަމަށެވެ. އަދި މި ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ޤައުމުގެ ކަންކަން ތަރައްޤީކޮށް ހަޤީޤަތަކަށް ހަދައިދޭނެ ބަޖެޓެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހަށް ހުށަހެޅުނު 2027 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލިއްޔަތު ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީ ގުޅިގެން އުފައްދާ ޚާއްޞަ ގުޅިފައިވާ ކޮމިޓީއަކުން ކަމަށް މަޖިލީހުގެ ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

މިއަދު އޮންލައިން