ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ތިލަފުށި ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން އެތަނަށް ބޭނުންވާ ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާންކޮށްފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ތިލަފުށި ޕޯޓް އިމާރާތާއި އެތަނަށް ބޭނުންވާނެ ވަސީލަތްތައް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެންބަރު މަހުގެ 10 ވާ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗަރތަކަށްވެސް ވަނީ ހުޅުވާލާފައެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ފަރާތްތަކުގެ ތެރެއިން އެއް މެންބަރަކީ "ލީޑް ޕާޓްނަރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މިފަދަ ހުށަހެޅުންތައް ވަޒަންކުރުމުގައި، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ތަޖުރިބާއާއި، ފަންނީ ޤާބިލުކަން އަދި މާލީ ތަނަވަސްކަމަށް ބަލާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ޕޯޓްގެ ޚިދުމަތް ތިލަފުއްޓަށް ބަދަލުވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން