ޤައުމުގެ މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެކުގައި، އެއް އަމާޒެއްގައި މަސައްކަތްކޮށްގެން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤައުމުގެ މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެކުގައި، އެއް އަމާޒެއްގައި މަސައްކަތްކޮށްގެން: ރައީސް

ޤައުމުގެ މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެކުގައި، އެއް އަމާޒެއްގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނެވި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިސްލާޙުކުރާ ނަމަ، ޤައުމުގައި ހިނގާ ކަންކަމުގެ ވާހަކަ ތެދުވެރިކަމާއެކު ދައްކަން ޖެހޭ ކަމަށެވެ. އަދި ޤައުމުގެ މައްސަލަތައް ހައްލުކުރުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރެވޭނީ އެންމެން އެކުގައި އެއް އަމާޒެއްގައި މަސައްކަތްކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ "މިހާރު މި ޤައުމަށް ވެފައި އޮތްގޮތުގެ ވާހަކަދައްކައިގެން ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ޤައުމު ރަނގަޅުކުރެވޭނީ. މީގެ ކުރީގައި ވެސް ޤައުމީ ދުވަސްތައް އައިސްފައި ދިޔައީ. ނަމަވެސް އެދެވޭ ގޮތެއްގައި މިކަހަލަ ކަންކަމަށް އެޑްރެސް ކުރެވިފައެއް ނުވޭ" ކަމަށެވެ.

މީގެއިތުރުން، ބޮޑުތަކުރުފާނު ފަދަ ދިވެހި ބަތަލުންގެ ނަމޫނާއިން ކަންކަން ދަސްކުރަން ޖެހޭ ކަމަށާއި، ދިވެހިންގެ ތެރޭގައި ޤައުމީ ޖޯޝު އާލާކުރަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހަޤީޤީ ތަރައްޤީއަކީ އުޅުމާއި ވިސްނުމުގެ ތަރައްޤީކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން