ނޭޕާލަށް ކުރިމަތިވި ކާރިސާގައި ދިވެއްސަކަށް އަސަރުކުރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ: ފޮރިން މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ނޭޕާލަށް ކުރިމަތިވި ކާރިސާގައި ދިވެއްސަކަށް އަސަރުކުރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ: ފޮރިން މިނިސްޓްރީ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއާ ގުޅިގެން، އެ ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.

ޚާރިޖިއްޔާއިން ބުނެފައިވަނީ މި ކާރިސާއާ ގުޅިގެން އެ މިނިސްޓްރީން ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގެ ސަބަބުން އަސަރުކޮށްފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް 9607983400+ ގުޅުމަށް ނުވަތަ ކޮންސިއުލަރ އީމެއިލް [email protected] މެދުވެރިކޮށް ގުޅުމަށް ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން