ކެޓެނޭޓް ޕްރޮޖެކްޓްގެ މިޑްޓާމް ރިވިއު ޕްރެޒެންޓޭޝަން ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކެޓެނޭޓް ޕްރޮޖެކްޓްގެ މިޑްޓާމް ރިވިއު ޕްރެޒެންޓޭޝަން ބާއްވައިފި

ކެޓެނޭޓް (CATENATE) ޕްރޮޖެކްޓްގެ މެދުތެރޭގެ މުރާޖަޢާ ނުވަތަ މިޑްޓާމް ރިވިއު ޕްރެޒެންޓޭޝަން ބައްދަލުވުން މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކަމާބެހޭ މުހިންމު ހުރިހާ ފަރާތްތަކާއި، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޕްރޮޖެކްޓްގެ މިޑްޓާމް ރިވިއު ކޮންސަލްޓަންޓް މަރިޔަމް ފަޒްނާ ވަނީ ޕްރޮޖެކްޓް ކުރިއަށް ގޮސްފައިވާ މިންވަރާއި، ހޯދިފައިވާ ކާމިޔާބީތަކުގެ ތަފްސީލީ ދިރާސާއެއް ހުށަހަޅުއްވައިދެއްވާފައެވެ. މީގެއިތުރުން، މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ގޮންޖެހުންތަކާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް އޭނާ ވަނީ އަގުހުރި ލަފާތަކެއް ދެއްވާފައެވެ.

މިއަދު ކުރިއަށްދިޔަ މި ސެޝަނަކީ މިހާތަނަށް ޕްރޮޖެކްޓުން ހާސިލްކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުވާލައި، ޕްރޮޖެކްޓްގެ ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށްޓަކައި އިސްކަންދޭންވީ މުހިންމު ކަންކަން ކަނޑައެޅުމަށް ބައިވެރިންނަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން