"މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ތެރެއިން 53 ބިދޭސީއަކު ބަލައި ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
"މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ތެރެއިން 53 ބިދޭސީއަކު ބަލައި ފާސްކޮށްފި

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ބިދޭސީން ބަލައި ފާސްކުރުމަށްޓަކައި ހިންގި "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ތެރެއިން ޖުމްލަ 53 ބިދޭސީއަކު ބަލައި ފާސްކޮށްފިއެވެ.

މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ވަނީ ފާހަގަކުރެވިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ އާންމު ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤްޞަދުގައެވެ.

މިއަދު އޮންލައިން