ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވިސްނެވުމުގެ ބަދަލުގައި ވިސްނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވިސްނެވުމުގެ ބަދަލުގައި ވިސްނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް: ރައީސް

ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވިސްނެވުމުގެ ބަދަލުގައި އެ މަނިކުފާނު ވިސްނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދޭނެ ގޮތްތައް ހޯދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑު ވިސްނަނީ އަޅުގަނޑުވީ ވަޢުދުތައް ފުއްދަން. އަޅުގަނޑާއި އެކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކު ދާނީ ކުރިއަށް. މިނިސްޓަރުން، އެމްޕީސް، އާއްމުރައްޔިތުން، ހުރިހާ ފަރާތްތައް. އަޅުގަނޑާއެކީގަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކީގައި އަޅުގަނޑު މި ބަލަނީ، އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި ކާމިޔާބީ ޙާސިލްކުރަން،" ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެވަޑައިގެންވާފައިވާ ވަޢުދުތައް ފުއްދުމުގައި ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ތަންފީޒުކުރުމުގައި ދެމިހުންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން