ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޢަބްދުﷲ ޔާސިރު އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޢަބްދުﷲ ޔާސިރު އައްޔަންކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ.

ޔާސިރު އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ޔާސިރު ކޯޕަރޭޝަންގެ ލީޑަޝިޕާ ހަވާލުވެވަޑައިގަތުމާއެކު، އައު ވިސްނުންތަކާއި ގުޅިގެން މަސައްކަތްކުރުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. އަދި ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖޭގެ ހައިބަތު އިތުރަށް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް ވީއެމްސީން ބުނެފައިވެއެވެ.

ޢަބްދުﷲ ޔާސިރަކީ ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަރ އޮފް އާޓްސް (އޮނާސް) އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

މިއަދު އޮންލައިން