ނެއްލައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ބޭނުންކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ނެއްލައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ބޭނުންކުރަން ފަށައިފި

ހދ. ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެރަށަށް ގެންދިޔަ 600 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު، މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ އެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާބާދީ ކުދި ރަށްރަށާއި އާބާދީ ބޮޑެތި ސިޓީތަކުގައި ވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން، އައު އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ސަރުކާރުން މެދުކެނޑުމެއްނެތި ކުރިއަށްގެންދެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން ނެއްލައިދޫގައި އަލަށް ބެހެއްޓި 600 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް އެދެވޭ އަދި ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މިއަދު އޮންލައިން