އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ނަން މަޖިލީހަށް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ނަން މަޖިލީހަށް ފޮނުއްވައިފި

އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ އިންފޯމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ކުރިން އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގިނަ ގަވާއިދުތަކެއް އެކުލަވައިލެއްވުމުގެ އިތުރުން، އެ އޮފީހުގެ އިދާރީ އޮނިގަނޑުތަކާއި ތަރުތީބުތައް އިންތިޒާމުކުރެއްވުމުގައި ޢަބްދުލްޢަޒީޒު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅަކީވެސް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މީގެއިތުރުން، އޭނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެކުލަވައިލުމުގެ މަސައްކަތުގައި ވެސް މުހިންމު އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވުޒާރާ) ގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.

މިއަދު އޮންލައިން