އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ރާއްޖޭގައި ހެދުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ރާއްޖޭގައި ހެދުމަށް މަޝްވަރާކޮށްފި

ދިވެހި އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިފާއީ އަދި ވަޠަނީ ހިދުމަތްތަކާ ބެހޭ ވަޒީރު މުޙައްމަދު ޣައްސާން މަައުމޫން / ހަސަން ރަޝީދު، އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ސްޕެޝަލް ފޯސަސްގެ ސިފައިންނަށް ވައިގެ މަގުން ފުންމާލުމުގެ ތަމްރީނުތައް ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އެއާބޯން ތަމްރީންތަކާއި އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު ވަސީލަތްތައް ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި، ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރައްވަމުންނެވެ.

މި އަމާޒަށް ވާސިލުވުމުގެ ގޮތުން މި ޒައާމަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ހިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު، ވައިގެ މަގުން ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.

މިއަދު އޮންލައިން