މާފަންނު ގެސްޓްހައުސެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
މާފަންނު ގެސްޓްހައުސެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލޭގެ މާފަންނުގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މާފަންނު ގެސްޓްހައުސެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ.

މި ހާދިސާގައި ނިޔާވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނައީމް އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން