ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގެ ރީޖަން 4، ގއ. ވިލިނގިލީގައި ފެށުމަށް ތައްޔާރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގެ ރީޖަން 4، ގއ. ވިލިނގިލީގައި ފެށުމަށް ތައްޔާރުވެއްޖެ

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ރީޖަން 4 ގެ ހަރަކާތްތައް ގއ. ވިލިނިގިލީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ޕްރޮގްރާމް ވިލިނިގިލީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 28 އަދި 29 މި ދެ ދުވަހުއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ ތެރެއިން ގއ. އަދި ގދ. އަތޮޅު ހިމެނޭހެން ޖުމްލަ 45 ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޖިސްމާނީ ކަސްރަތުގެ އަސާސްތަކާ ގުޅޭ ސެޝަން ނަންގަވައިދެއްވާނީ ކަސްރަތު ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމުގައިވާ އިސްމާޢިލް އަހުމަދުއެވެ.

މި ސެޝަންތަކުގެ އަލީގައި ޕްރޮގްރާމުގެ ބައިވެރިންނަށް މޫދާއި އެއްގަމުގައި ކުރާނެ ކަސްރަތުތަކާއި، މޫދުގައި ކަސްރަތު ކުރާނެ ފަންނީ އުކުޅުތައް ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން ކަސްރަތުކުރުމުގައި އެރަށަކުން ލިބެން ހުރި ޤުދުރަތީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފާނެ ގޮތްތައްވެސް ބައިވެރިންނަށް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން