މަކީޓާ ބްރޭންޑުގެ އުފެއްދުންތަކަށް ޚާއްސަކޮށް "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މަކީޓާ ބްރޭންޑުގެ އުފެއްދުންތަކަށް ޚާއްސަކޮށް "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން މަޝްހޫރު މަކީޓާ ބްރޭންޑުގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން "ސަޅިއޭ މަކީޓާ" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މަކީޓާގެ ޑިރެކްޓަރ ޖެނެރަލް ޓްރޭޑިންގ އިބްރާހިމް މިރްޒާގާއި، މަކީޓާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ރީޖަނަލް ސޭލްސް މެނޭޖަރ ޖޮއީ ޗިއަމްއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހޮވާލެވިފައިވާ ބައެއް އުފެއްދުންތަކުން %8 އިން ފެށިގެން %50 އާ ދެމެދުގެ ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއަކު އެންމެ ގިނައިން ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ހަމައެއާއެކު، 1000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ހަމަޖެހިފައިވާއިރު، ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

"ސަޅިއޭ މަކީޓާ" ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމާއި، ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި މަކީޓާ ބްރޭންޑުގެ އުފެއްދުންތައް ވިއްކަމުން އަންނަތާ މިހާރު ވަނީ 28 އަހަރު ވެފައެވެ.

މިއަދު އޮންލައިން