މޫސުމީ ބަދަލުތަކުން ތަޢުލީމީ ދާއިރާއަށް ކުރާ އަސަރުތައް ކުޑަކުރުމުގެ މަޝްރޫޢެއްގެ ކޮންސެޕްޓް ނޯޓް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
މޫސުމީ ބަދަލުތަކުން ތަޢުލީމީ ދާއިރާއަށް ކުރާ އަސަރުތައް ކުޑަކުރުމުގެ މަޝްރޫޢެއްގެ ކޮންސެޕްޓް ނޯޓް ފާސްކޮށްފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކުލަވާލި ޚާއްޞަ މަޝްރޫޢެއްގެ ކޮންސެޕްޓް ނޯޓު ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ފާސްކޮށް (އެންޑޯޒްކޮށް) ފިއެވެ.

މި ކޮންސެޕްޓް އެންޑޯޒްކޮށްފައިވަނީ، ގްރީން ކްލައިމެޓް ފަންޑަށް މި މަޝްރޫޢު ހުށަހެޅުމުގެ ކުރިން، ކޮންސެޕްޓް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޖީ.ސީ.އެފް ސެކްރެޓޭރިއަޓާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި މަޝްރޫޢަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައިވާ މައި އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން، ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ މަޝްރޫއެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން