އުރީދޫގެ ފަރާތުން މިނިވަން ދުވަހަށް ހާއްސަ އޮފާތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުރީދޫގެ ފަރާތުން މިނިވަން ދުވަހަށް ހާއްސަ އޮފާތަކެއް!

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފާތަކެއް މިއަދު އިއުލާނުކޮށްފިއެވެ. މި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، އުފާވެރި ވަގުތުތައް ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައެވެ.

މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް "މިނިވަން 61 ޕެކް" އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. މި ޕެކޭޖުގެ ދަށުން އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ 24 ގަޑިއިރަށް ލިބިގެންދާނެއެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭ މި އޮފާ ކުރިއަށްދާނީ 25 ޖުލައި އިން ފެށިގެން 31 ޖުލައި 2026 ގެ ނިޔަލަށެވެ.

މީގެ އިތުރުން، މިނިވަން 61 ޕެކް ގާތްފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތުވެސް އުރީދޫއިން ވަނީ ހުޅުވާލާފައެވެ. އަދި މިނިވަން ދުވަހުގެ އުފަލުގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ފުރުސަތެއް ވަނީ ދީފައެވެ. އެގޮތުން 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 15:00 އިން ހަވީރު 16:00 އަށް އުރީދޫ ނަންބަރުތަކަށް މުޅިން ހިލޭ ކޯލާއި އެސް.އެމް.އެސް ކުރެވޭނެއެވެ.

މިނިވަންދުވަސް ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އުރީދޫއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. "މިފަދަ މުހިންމު މުނާސަބަތުތަކުގައި ޚާއްސަ އޮފާރތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ،" އުރީދޫއިން ހާމަކުރެއެވެ.

އުރީދޫގެ ކަސްޓަމަރުންނަށް މި ހުރިހާ އޮފާތަކެއްވެސް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއަދު އޮންލައިން