ނ. ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނ. ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމާލައިފި

ނ. ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ. މި ޕާކަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މުނިފޫހިފިލުވުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ތަރައްޤީކުރި ތަނެކެވެ.

މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެލިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢު އާރުޑީސީން ނިންމާލާފައިވަނީ ޖުމްލަ 581,850.00 ރުފިޔާ ޚަރަދުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ޕާކުގައި ކުޑަކުދިން ކުޅޭނެ ތަފާތު ސެޓުތައް އިންސްޓޯލްކުރުމާއި، ޕާކުގެ ލޭންޑްސްކޭޕިންގ ހެދުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ޕާކު ފަރުމާކޮށްފައިވަނީ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅެލެވޭނެ ފަދަ ގޮތަކަށެވެ.

ވެލިދޫގެ ދެކުނު އަވަށުގައި ތަރައްޤީކުރި މި ޕާކުގެ ސަބަބުން އެރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެ ރަށުގެ އިޖުތިމާޢީ ދިރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން