ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ދަނީ ކުރެވެންހުރި ކަންކަން ކުރަމުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ދަނީ ކުރެވެންހުރި ކަންކަން ކުރަމުން: ރައީސް

ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ދަނީ ކުރެވެންހުރި ކަންކަން ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5ވަނަ އެޕިސޯޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، އެންޓިބުލީން ޤާނޫނަކީ އޭގެތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގައި މުޖުތަމައުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ބުލީގެ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވޭ. ވަށާޖެހޭ ޞިއްޙީ ދުޅަހެޔޮކަން ޤާއިމްކޮށް ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރޭ." ކަމަށެވެ.

ބުލީކުރުން ފަދަ މައްސަލަތައް ހައްލުކުރުމަށް ޤާނޫނީ ފަރުވާ ހޯދައިދިނުމުގެ އިތުރުން، ބުލީކުރާ މީހާއާއި ބުލީގެ ޝިކާރައަކަށްވާ މީހާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކުލަވާލާ އެންޓިބުލީގެ ޤާނޫނަކީ، ބުލީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އެކުލަވާލާ ޤާނޫނުގައި ބުލީއާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ހުރިހާ ކަމެއް ބަޔާންކުރާނެއެވެ. މިއީ ރާއްޖޭގައި ބުލީކުރުން ހުއްޓުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މިއަދު އޮންލައިން