5 ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
5 ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

5 ގައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ފަތްކޮޅު އެރުވި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރިޕަބްލިކް އޮފް އޮސްޓްރިއާ، ބުރުކީނާ ފާސޯ، ރިޕަބްލިކް އޮފް ގާނާ، ތުރުކުމަނިސްތާން، އަދި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހިންގަވާފައެވެ.

މިއަދު ފަތްކޮޅު އެރުއްވި ބޭފުޅުންގެ ތެރޭގައި އޮސްޓްރިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ރޮބަރޓް ޓްސީގް، ބުރުކީނާ ފާސޯގެ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ، އަދި ގާނާގެ ހައިކޮމިޝަނަރު ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތުރުކުމަނިސްތާނުގެ ސަފީރު ޝަލާރް ގެލްޑެނަޒަރޮވް އާއި ލާއޮސްގެ ސަފީރު ވިތާޔާ ޒަޔާވޮންގ ވެސް ވަނީ ފަތްކޮޅު އަރުވާފައެވެ.

މިއަދު އޮންލައިން