ކާރިސާތަކުން ރައްކާތެރިވުމާއި، ހާދިސާތަކަށް އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ކަމާބެހޭ މުއައްސަސާތަކާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ހިމެނެނީ:
•ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓްކުރުމަށް ބޭނުންކުރާ "ޑިޖިޓަލް DALA" ޕޯޓަލްއަށް އަހުލުވެރިވުމާއި، އެ ނިޒާމު ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުން
•ކާރިސާތަކަށް އިޖާބަދިނުމުގައި މުއައްސަސާތަކަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުން.
•އައްޑޫ ސިޓީގެ ކާރިސާތަކާގެ ކަންކަން ބެލެހެއްޓުމުގެ ޕްލޭން، އެން.ޑީ.އެމް.އޭގެ ފަންނީ އެހީތެރިކަމާއެކު މުރާޖައާކުރުން.
މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލާއި އެން.ޑީ.އެމް.އޭގެ އިތުރުން، އެ ސިޓީގައި ހަރަކާތްތެރިވާ އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ފެނަކަ ކޯޕަރޭޝަން ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ކާރިސާގެ ވަގުތުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހަބަރު: ސަރުކާރު