އަތޮޅު ފިހާރައިގެ 8 ފިހާރައެއް ކުއްޔަށް ދިނުމަށް، ބިޑަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އަތޮޅު ފިހާރައިގެ 8 ފިހާރައެއް ކުއްޔަށް ދިނުމަށް، ބިޑަށް ހުޅުވާލައިފި

އަތޮޅު ފިހާރައިގެ އަށް ފިހާރަ ކުއްޔަށް ދިނުމަށް، ބިޑަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، އަށް، އަތޮޅު ފިހާރަ ކުއްޔަށް ދިނުމަށް ބިޑަށް ހުޅުވާލާފައެވެ.

އެ ފިހާރަތަކަކީ:

ކ.އަތޮޅު ފިހާރައިގެ ދެކުނުފެންޑާ (597.54 އަކަފޫޓު)

ފ.އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި ދެކުނުފެންޑާގެ މަތީބައި (1095.08 އަކަފޫޓު)

ކްރެސެންޓް 5 ނަންބަރު ފިހާރަ (444.38 އަކަފޫޓު)

ކ.އަތޮޅު ފިހާރަ ހުޅަނގުބައި (321.62 އަކަފޫޓު)

ލ.އަތޮޅު ފިހާރައިގެ މަތީބައި (630.83 އަކަފޫޓު)

ގއ.އަތޮޅު ފިހާރައިގެ އިރުމަތީބައި ދެކުނު ފެންޑާގެ ½ (620 އަކަފޫޓު)

ގއ.އަތޮޅު ފިހާރައިގެ ހުޅަނގުބައި ދެކުނު ފެންޑާގެ ½ (620 އަކަފޫޓު)

ކ.އަތޮޅު ފިހާރައިގެ އިރުމަތީބައި މަތީބައި (952.45 އަކަފޫޓު)

މި ފިހާރަތަކަށް ބިޑް ހުށަހަޅަންޖެހެނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އެސެޓްސް އެންޑް ޓްރެޜަރީ ސެކްޝަށަނެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މި ފިހާރަތަކަށް ބިޑް ކުރެވޭނީ، ހަމައެކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕް، ޕާޓްނަރޝިޕް އަދި ކުންފުނިތަކަށް ކަމަށެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި -/50،000ރ. (ފަންސާސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭއިރު، ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެކުޑަ އަގަކީ އަކަފޫޓަކަށް -/65ރ. (ފަސްދޮޅަސް ފަސް) ރުފިޔާއެވެ.

މީގެ އިތުރަށް އިއުލާނުގައި ބުނެފައިވަނީ، އަތޮޅު ފިހާރަތައް މިހާރު ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތަކަކީ ބަރާބަރަށް ކުލި ދައްކާ ފަރާތެއް ޝަރުތުހަމަވާ ބިޑެއް ހުށަހަޅާފައިވާ ފަރާތެއްނަމަ، އަދި އެފަރާތަށް ބީލަމުން އެންމެ މަތިން މާކްސް ލިބިފައިނުވާނަމަ، ބީލަމުގައި އެންމެ މަތިން މާކްސް ހުށަހަޅާފައިވާ ފަރާތުން ބިޑް ކުރި އަގުގައި ކުއްޔަށް ނެގުމަށް މިހާރުވެސް ގަވައިދުން ފިހާރަ ހިންގާ ފަރާތަށް އިސްކަންދެވޭނެ ކަމަށެވެ.

އަދި އެފަރާތުން އެ އަގުގައި ކުއްޔަށް ހިފުމަށް އެއްބަސްވާނަމަ، އެ ފަރާތަށް އިސްކަންދޭނެ ކަމަށްވެސް، ބުނެފައިވެއެވެ.


މިއަދު އޮންލައިން