ތިބާއަށް ﷲ ދެއްވެވި ހެޔޮލަފާ ބައިވެރިޔާ ތިބާއާ ދުރުވާނަމަ އެކަން ޙައްލުކުރަން އަވަހަށް މަސައްކަތް ނުފެށުމަކީ މުޅި ޢުމުރުގަ ހިތާމަކުރަންޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިބާއަށް ﷲ ދެއްވެވި ހެޔޮލަފާ ބައިވެރިޔާ ތިބާއާ ދުރުވާނަމަ އެކަން ޙައްލުކުރަން އަވަހަށް މަސައްކަތް ނުފެށުމަކީ މުޅި ޢުމުރުގަ ހިތާމަކުރަންޖެހިދާނެ ކަމެއް!

ބައެއް ފަހަރު ކައިވެނި ރޫޅާލުމަށްފަހު ދާދި އަވަހަށް އަލުން ކައިވެނި އަނބުރާ ރުޖޫޢަކުރެއެވެ. އެކަމުން އެނގެނީ ކައިވެނި ރޫޅައިލީ (ވަރިވީ/ ވަރިކުރީ) ވިސްނަންވީ ވަރަށް ނުވިސްނައި ކަމެވެ. ދެމީހުންގެ މެދުގައި މަޝްވަރާކުރަންޖެހޭ ވަރަށް މަޝްވަރާނުކޮށް ކަމެވެ. ބަލަންޖެހޭ ކަންކަމަށް ބަލަންޖެހޭވަރަށް ނުބަލައިކަމެވެ.  

މިއީ ވަރަށް ދެރަކަމެކެވެ. އިނދެވަރިކުރުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ނުވާނެއެވެ. ކައިވެނި ރޫޅާލަންޖެހޭނީ ބަލަންޖެހޭ ހުރިހާ ކަންކަން ބެލުމަށްފަހުގައެވެ. ރޫޅާނުލައި ސަލާމަތްކުރެވޭނެ ގޮތެއް ފެނޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އަމިއްލައަށް ޙައްލުނުކުރެވޭނަމަ އިތުބާރުކުރެވޭ ހެޔޮލަފާ މީހުންނާއި ޢާއިލާގެ އެހީތެރިކަން ހޯދަން އޮންނަނީ އެސަބަބަށްޓަކައެވެ.  

ކޮންމެއަކަސް ބުއްދިވެރި އަންހެނަކު ނަމަ ވަރިވާނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެކަމަށް ކިތަންމެ ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނަސް ކެތްތެރިވާނެއެވެ. ވަރިވުމަށްފަހު ދެން ދިރިއުޅެވޭނެ ގޮތެއް ހޯދުމަށްފަހުގައެވެ. މީގެ މާނައަކީ ކޮންމެހެން ދެން ކައިވެނިކުރާނެ މީހަކު ހޯދުމެއް ނޫނެވެ. އަމިއްލައަށް ދިރިއުޅެވޭނެ ގޮތެއް ހޯދުން ނުވަތަ ޢާއިލާގެ އެހީތެރިކަން ލިބޭނެކަން ޔަޤީންކުރުމަށްފަހުގައެވެ.  

އަދި ދުރަތަމަ ކަމަކަށް އެކަވެނީގައި ދެން އިތުރަށް ކުރިއަށް ނުދެވޭނެކަން ޔަޤީންވެސްކުރާނެއެވެ. އެކަންކަން ކުރުމަށްފަހު ވަރިވާ އަންހެނުން އެނބުރި އައުމަކީ ވަރަށް މަދުން ނޫނީ ކުރާކަމެއް ނޫނެވެ.  

މިވާހަކަ ދެއްކުމުގެ ބޭނުމަކީ ހެޔޮލަފާ އަންތބަކު ތިމާއާއި ދުރުވާން ފަށައިފިނަމަ އެކަމަށް އަޅާނުލައި ފަރުވާކުޑަނުކުރަން ނަޞޭޙަތް ދިނުމެވެ. މިގޮތަށް ކަންތައްތައް ކުރާނީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. ހެޔޮލަފާ، ބުއްދިވެރި ފިރިންވެސް ކަންތައްތައް ކުރާނީ ހަމަ މިބުނި މަގުންނެވެ. ވީމާ ހެޔޮލަފާ ފިރިއަކު ތިމާއާއި ދުރުހެލިވާން ފަށައިފިނަމަ އެކަމުގެ ސަބަބު ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. އެކަމަކީ ތިމާގެ ކިބައިގައި އޮތް މައްސަލައެއް ނަމަ އެކަން އިޞްލާޙްކުރަން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވާނެއެވެ.  

މިމޭރުމުން ނަބޭޙަތްދޭން ޖެހޭ ސަބަބަކީ ހެޔޮލަފާ އަނބިންވެސް އަދި ފިރިންވެސް މަދުކަމުންނެވެ. ހެޔޮލަފާ އަންތބަކު ނުވަތަ ފިރިއަކު ލިބުމަކީ މިހާރު އެހާފަސޭހައިން ޙާޞިލުކުރެވޭ ކަމަކަށްނުވާތީއެވެ. މިކަންކަމަސް ނުވިސްނައިފިނަމަ ޢުމުރަށް ކަރުނައަޅަންޖެހުމަކީ ގާތް ކަމަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން