އައްސޭރި ޖަލުގައި ތިބި ޤައިދީންނަށް އަމާޒުކޮށްގެން "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އައްސޭރި ޖަލުގައި ތިބި ޤައިދީންނަށް އަމާޒުކޮށްގެން "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް ރަސްމީކޮށް ފަށައިފި

އައްސޭރި ޖަލުގައި ތިބި ޤައިދީން އިސްލާހުކޮށް، ދީނީ ކަންކަމަށް ލޯބިކުރާ ބަޔަކަށް ހެދުމުގެ މަޤުސަދުގައި "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް ރަސްމީކޮށް ފަށައިފިއެވެ. މިއީ ޤައިދީން އަނބުރާ މުޖުތަމައަށް ނުކުންނައިރު ބޭނުންތެރި ހުނަރުތަކެއް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ފެށި ކޯހެކެވެ.

މި ކޯހުގައި ޖުމްލަ 35 ބައިވެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ޤައިދީންނާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިބި 4 ކުދިންނެވެ. މި ކޯހުގެ ސަބަބުން ޤައިދީންނަށް ދީނީ އިލްމާއި ޤުރުއާން ކިޔެވުމުގެ ރަނގަޅު އުސޫލުތައް ދަސްވެގެންދާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މިއީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށި ޕްރޮގްރާމެކެވެ. މީގެ ކުރިންވެސް މިފަދަ ތަފާތު ކޯސްތައް ޖަލުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިފަހަރުގެ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަރެކްޝަންސްގެ އަމިއްލަ ތައުލީމީ މަރުކަޒެއް ކަމަށްވާ "އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް" (އައިކޯސް) އިންނެވެ. އައިކޯސް މެދުވެރިކޮށް ޤައިދީންނަށް ބޭނުންވާ ތަފާތު ފަންނީ އަދި ދީނީ ތައުލީމު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ކޯހުގެ މައިގަނޑު މަޤުސަދަކީ ޤައިދީންނަކީ އަހުލާގީ ގޮތުން ރަނގަޅު، ދީނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ހަދައި، ޖަލުން މިނިވަންވުމަށްފަހު މުޖުތަމައުގައި ބޭނުންތެރި ބައެއްގެ ގޮތުގައި އުޅުމަށް މަގުފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން