މިއީ ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި ބަސްފުޅަށް ހުރިހާ މުސްލިމުން ޢަމަލުކޮށް ސަލާމަތާއި ރައްކައުތެރިކަން ލިބިގަންނަންވީ ވަޤުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 20ސ
މިއީ ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި ބަސްފުޅަށް ހުރިހާ މުސްލިމުން ޢަމަލުކޮށް ސަލާމަތާއި ރައްކައުތެރިކަން ލިބިގަންނަންވީ ވަޤުތު!

ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި ބަސްފުޅު ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެއީ ކާފިރުންނާއިއެކުގައި ނުވުމަށާއި މުސްލިމުންނާއިއެކުގައިވުމަށެވެ. މިއީ މިހާރު އަހުރެމެން އެންމެ ބޮޑަށް ވިސްނަންވީ ކަންތަކެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުނުދޭ، ދީނަށް ގެއލުންދޭ ޢަދާވާތްތެރިންނާއިއެކުގައި ނުވުމާއި ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހުންނާއިއެކުގައިވުމެވެ.  

ދުނިޔެއިން ލިބިދާނެ މަންފާއަކަށްބަލައިގެން ﷲ ތަޢާލާގެ ޢަދުއްވުންނާއިއެކު އުޅުމަކީ ދުނިޔެއާއި އާޚިރަތް ގެއްލި މީހާއަށް ސަލާމަތްނުވެވިދާނެ ކަމެކެވެ. މިބުނަނީ ނަރަކައިން ސަލާމަތްނުވެވިދާނެ ވާހަކައެވެ. އެއަށްވުރެ ބޮޑު ދެރައަކީ ކިބައިހެއްޔެވެ؟  

ފަށްކުރުމެއް! ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނާއި ދެއްކެވި ވާހަކަފުޅުން ޙާޞިލުކުރަންޖެހޭ ބައެއް ފިލާވަޅުތައް-   

ނޫޙުގެފާނުގެ ޤައުމުގެ މީހުން ކުރީގައި އަޅުކަން ކުރަމުން ދިޔައީ ﷲ ތަޢާލާއަށެވެ. ނަމަވެސް އިބިލީހުގެ ވަސްވާހުގެ ސަބަބުން ފަހުން އައި ޖީލުތައް ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. އަދި ބުދުތައް ހަދައި، އެ ބުދުތަކަށް މާތްކޮށް ހިތައި އުޅުނެވެ. 

ދެން ﷲ ތަޢާލާ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ކައިރިއަށް ރަސޫލެއްގެ ގޮތުގައި ނޫހްގެފާނު ފޮނުއްވަން އިރާދަކުރެއްވިއެވެ. 

ނޫޙް ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ)

މާނަ: “ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޛާރު ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެބައިމީހުންނަށް ވޭންދެނިވި ޢަޛާބެއް އައުމުގެ ކުރިންނެވެ.” 

ދެން އެޤައުމުގެ މީހުންނަށް ނޫޙްގެފާނު ދަޢުވަތު ދެއްވިއެވެ. އެމީހުންނަށް ދަޢުވަތު ދިނުމުގައި 950 އަހަރު ވަންދެން ހުންނެވިއެވެ. ނަމަވެސް އެބައިމީހުން އެދަޢުވަތު ޤަބޫލެއް ނުކުރިއެވެ. އޭގެތެރޭގައި އެކަލޭގެފާނުގެ ދަރިކަލުންވެސް ހިމެނިވަޑައިގަންނަވައެވެ.  

ދެން ނޫޙްގެފާނު ﷲ ތަޢާލާއަށް ދުޢާ ދެންނެވިއެވެ. ދެން ﷲ ތަޢާލާ ނަވެއް ބެންނެވުމަށް އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. ދެން ﷲ ތަޢާލާ އެކަލޭގެފާނުގެ ޤައުމު މީސްތަކުން ޣަރަޤު ކުރެއްވުމަށް އިރާދަކުރެއްވާ، ނޫޙުގެފާނާ އަދި ﷲ އަށް އީމާންވި މަދު ބަޔަކު ސަލާމަތްކުރެއްވުމަށް އިރާދަކުރެއްވިއެވެ. 

ދެން ނައުކޮޅު ބަނދެ ނިމުމުން ﷲ ތަޢާލާ ނޫޙުގެފާނު ޤައުމުގެ މީހުންނަށް ޠޫފާން ފޮނުއްވިއެވެ. ދެން އެކަލޭގެފާނުގެ ދަރިކަލުންވެސް އޮޔާ ދާތަން ފެނުމުން ނަވަށް އެރުމަށް ގޮވާލެއްވިއެވެ.  

ﷲ ތަޢާލާ ހޫދު ސޫރަތުގެ 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ ‎﴿٤٢﴾‏

މާނައީ: "އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ! (42)"

ނަމަވެސް ދަރިކަލުން އެކަމާ ދެކޮޅު ހެދިއެވެ. އެވާހަކަ ﷲ ތަޢާލާ ހޫދް ސޫރަތުގެ 43 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ ۚ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ ‎﴿٤٣﴾‏

މާނައީ: "އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّه ގެ عذاب ން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ. (43)" 

މި ޙިވާރުން ނުވަތަ މި ވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. 

·     ނޫޙްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނާއި އޮތް ގާތްތިމާގެ ގުޅުމާއި،

އެކަލޭގެފާނު އެކަލޭގެފާނުންގެ ދަރިކަލުންނާއި ބެހެއްޓެވި އޯގާތެރިކަމުގެ ސަބަބުން ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންގެ ސަލާމަތް ހޯއްދެވުމަށް މަސައްކަތް ކުރެއްވުން.

·     ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވުން އަދި ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވުމުގެ މުހިއްމުކަން

·     ބޮޑާކަމާއި ކިބުރުވެރިކަން މީހާ ނެތިކޮށްލާނެކަން

·     ﷲ ތަޢާލާގެ ޢަޛާބު އަންނަ ހިނދު އިންސާނުންނަށް އެމީހުންނަށް ކިތަންމެ ގާތް ބަޔަކުވެސް ސަލާމަތް ކުރުމުގެ ފުރުސަތު ނެތްކަން

މިއަދު އޮންލައިން