މިނަޞީޙަތް ޤަބޫލުކޮށް ޢަމަލުކޮށްގެން ނޫނީ ޤިޔާމަތްދުވަހު ސަލާމަތްކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
މިނަޞީޙަތް ޤަބޫލުކޮށް ޢަމަލުކޮށްގެން ނޫނީ ޤިޔާމަތްދުވަހު ސަލާމަތްކަމެއް ނެތް!

"وَإِذَا الْبِحَارُ سُجِّرَتْ ، وَإِذَا النُّفُوسُ زُوِّجَتْ  " އަދި  ނަފްސްތައް އޭގެ ޖޯޑާ ގުޅުވާލެވިއްޖެހިދޭ، ފުރާނަތައް އޭގެ ޖޯޑުތަކާ ގުޅުވާލެވިއްޖެހިދޭ، ހަށިތަކާ ފުރާނަތައް ގުޅުވާލެވޭނޭ "  وَإِذَا الْمَوْءُودَةُ سُئِلَتْ  " އަދި ދިރިހުއްޓާ ވަޅުލެވުނު އަންހެން ކުއްޖާއާ ސުވާލު ކުރެވޭހުއްޓޭ، " بِأَيِّ ذَنْبٍ قُتِلَتْ" އޭނާ ކޮންކުށަކާ ލައިގެންހެއްޔޭ އޭނާ ޤަތުލުކުރެވުނީ. ޙަޤީޤަތުގާ އެކުދިންނަކާނޫން އެކުދިން މަރާލި މީހުންނާ ސުވާލުކުރެވޭނެ ކަލޭމެން ދިރިހުއްޓާ މިއަންހެންކުއްޖާ މަރާލީ ކީއްވެހޭ؟ ކަލޭމެން މިގޮތަށް ކަންތައް ތައް ކުރީ ކީއްވެހޭ؟ ޖަވާބު ދާރީވާންޖެހޭނެ ހިސާބު ބެއްލެވުން އޮންނާނެ އެދުވަހުން ނުރެކެވޭނެ " وَإِذَا الصُّحُفُ نُشِرَتْ" އަދި ފަތްފުށްތައް ފަތުރާލެވިއްޖެހިދޭ  99 ފަތްފުއް ފަތުރާލެވިއްޖެ ކަމަށްވާނަ ކޮބައިތޯ ޙާލަކީ؟   

"لَا يُغَادِرُ منْهَا صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا " ކުޑަ ނަމަވެސް ބޮޑުނަމަވެސް އެއްވެސް ކުށެއް އެއްވެސް ޢަމަލެއް އޭގައި ނުހިމެނި ދޫކުރައްވާފަކާނުވާނެ. ހުރިހާ އެއްޗެއް އޮންނާނެ ޒިނޭ ކުރިކަން، ވައްކަން ކުރިކަން، ރިޝްވަތު ހިފިކަން، މައިންބަފައިންނަށް އިހާނެތިކޮށް ހިތިކަން، މިހުރިހާ ކަންތައްތަކެއް އޭގާ ހުންނާނެތޭ. ދެންފަހެ މިގޮތަށް ކަންތައްތައް ވެގެން ދާނެތޭ  

"  وَإِذَا السَّمَاءُ كُشِطَتْ  " އުޑު ނޮޅާލެވިއްޖެހިދޭ. " وَإِذَا الْجَحِيمُ سُعِّرَتْ  " އަދި ޖަހަންނަމަ ގަދަޔަށް އެންދިއްޖެ ހިދޭ " وَإِذَا الْجَنَّةُ أُزْلِفَتْ  " އަދި ސުވަރުގެ ކައިރި ކުރެވިއްޖެހިދޭ " عَلِمَتْ نَفْسٌ مَا أَحْضَرَتْ " ކޮންމެ ނަފްސަކަށް އެނަފްސެއްކުޅަހާ ކަމެއް އެނަފްސަކަށް އެގޭނޭ ތިމަންނަ ދުނިޔެމަތީހުރެ ކުރީ މިވެނިކަމެއް ތިމަންނަ އުޅުނީ މަޖާނަގާށޭ ތިމަންނަ އުޅުނީ ޕާޓީގެ ވާދަވެރިކަމުގާ ހަމަ ޒުވާބުކޮށް އަރާރުންވެ މިހެންނޭ އުޅުނީ، އަނެކަކު ތިމަންނަ އުޅުނީ ކޮންމެވެސް އަންހެން ކުއްޖަކު ޙާޞިލް ކުރެވޭތޯއޭ، ތިމަންނަ އުޅުނީ ފިރިހެން ކުއްޖެއް ޙާޞިލް ކުރެވޭތޯއޭ، ތިމަންނަ އުޅުނީ މުދާ އެއްކުރެވޭތޯއޭ، ރުފިޔާލިބޭތޯއޭ، ތިމަންނަ އުޅުނީ ފިހާރަހުޅުވާށޭ، ތިމަންނަ އުޅުނީ ބޮޑު އޮޑިއެއް ބަންނާށޭ، ބޮޑުބޯޓެއް ގަންނާށޭ ތިމަންނަ އުޅުނީ، 

އެހެންނަމަވެސް ތިމަންނައަކަށް ނުވިއޭ އެކަމެއް، އަނެކަކު ތިމަންނައަށް ވިއޭ އެކަންތައް، ދޮގެއް ނެހެދޭނެ ދޮގުހަދައިފިކަމަށްވާނަމަ އޭނަގެ މޫނުގެ މަސްތައް ﷲ ހަޟްރަތަށް ގިރިގެން ފައިބައި ފިއްޔާ ކިހިނެއްތޯހަދާނީ؟ ދޮގެއް ނެހެދޭނެ، އެދުވަހުން އޭނަކުޅައެންމެހައިކަމެއް އޭނަ އިޢްތިރާފުވާނެ ބުނާނެ އޭނަގެ އަތްފައި ހެކިދޭނެ، އޭނަގެ ލޯހެކިދޭނެ، އޭނަގެ ދެލޯ އޭނައަކަށް ނުރެކެވޭނެ އަނގަ ބުނާނެ، ދޫބުނާނެ ހުރިހާ އެއްޗެއް ބުނާނެ ކަލޭކުރިއޭ މިވެނިކަންތައް  އިޢުތިރާފް ވާންޖެހޭނީ ނުރެކެވޭނެ މިތިބީ ހެކިން. އެހެންވީމާ އެދުވަހުގެ ޙާލަކީ މިއީ!

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން