އިބިލީހުގެ އަޑުފޮށްޓަށް ބާނިލައްވަމުން ހަށިގަނޑު ހާމަކޮށްގެން މިއަދު ފަތާ މީހުންނަށް ޤިޔާމަތް ދުވަހު ޖެހޭނީ ފެތިފެތި އޮންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިބިލީހުގެ އަޑުފޮށްޓަށް ބާނިލައްވަމުން ހަށިގަނޑު ހާމަކޮށްގެން މިއަދު ފަތާ މީހުންނަށް ޤިޔާމަތް ދުވަހު ޖެހޭނީ ފެތިފެތި އޮންނަން!

ފެތުމަކީ ކުރަން އެންމެ ފައިދާހުރި ކަސްރަތެވެ. އެކަން އޮތީ އެގޮތަށެވެ. ވިސްނަން އޮތް ކަމަކީ ކިތަންމެ ފައިދާހުރި ކަމެއް ކުރިނަމަވެސް އެކަންކުރަންވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ކަމެވެ. އެކަމުން ލިބެންވާ ޙަޤީޤީ ފައިދާވެސްކުރާނީ އެއިރުން ކަމެވެ.   

ލޮބުވެތި އެކުވެރިންނޭވެ! ޤިޔާމަތް ދުވަހަކީ މިއަދު އަހުރެމެންނާއި ބައްދަލުމިކުރާފަދަ އާދައިގެ ދުވަހެއް ކަމަށް ހީވެސް ނުކުރާށެވެ! އެއްކަމަކަށް އެދުވަހުން އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުން ދުނިޔޭގައި ތިބެ ކުޅަފާފަތަކާ އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ.   

އެއްބައެއްގެ ފައިގެ ކުޑަ ހުޅާހަމައަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އެކި މީހުން އެކިވަރަށެވެ. ނޯށުކުރިއާ ހަމައިގައިވެސް ދަލުގެ ފެންގަނޑު ވާނެއެވެ. އަދި އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެ ބައަކުވެސް ތިބޭނެއެވެ.   

އެދައުތަކުގެ ތެރޭގައި ފަތާއިރު ދުނިޔޭގައި ފަތަންޖެހި މިޔުޒިކާއި ފަތަން އެޅި ބަރަހަނާ ހެދުން ތިބާ އިތުރަށް ފެންގަނޑަށް ޣަރަޤުކުރުވާނެތެވެ. ވަކިކަމެއް ނޫނެވެ. ތިބާ ކުރި ހުރިހާ ފާފަތެކެވެ. މިޔުޒިކާއި ގުޅުވާލަން މިޖެހުނީ ޝައިޠޯނާ ކަންކަން ފަރުމާކޮށް ތަރައްޤީޚުރަމުން އަންނަ ގޮތުން މިހާރު ފެތުމުން ލިބޭ ކަސްރަތުގެ ފައިދާވެސް ކުރރާކަމަށްވަނީ އިބިލީހުގެ އަޑުފޮށިބަހައްޓައި އަޑު އިއްވުމުންނެވެ. އެންމެ ބޮޑަށް ފައިދާކުރާކަމަށްވަނީ ބިކިނީ، ޓައިޓް ފަދަ ފޭރާން ލައި ބަރަހަނާވެސް ވާންކެރުނުވަރަކުން ކަމަށް މިއޮތީވެފައެވެ.   

ވިސްނައިލާށެވެ! 50،000 އަހަރަށް ދެމިގެންދާ ޤިޔާމަތްދުވަހު 50،000 އަހަރު ނިމި ނަރަކައަށް ވައްދަވަންދެން އެ 50،000 އަހަރު އެކުގައި ފަތަންޖެހުނު ނަމަވެސް މަރެއްވެސް ނުވެވޭނެތެވެ! ޖެހޭނީ ހަމަ ފަތަފަތައި އޮންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން