ޟުޙާނަމާދު 2 ރަކްޢަތުންވެސް ކުރެވޭނެ! ނުކުރާނަމަ އެއީ ލިބިގަނެވޭ ވަރަށް ބޮޑު ދެރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޟުޙާނަމާދު 2 ރަކްޢަތުންވެސް ކުރެވޭނެ! ނުކުރާނަމަ އެއީ ލިބިގަނެވޭ ވަރަށް
ބޮޑު ދެރައެއް!


ޟުޙާ ނަމާދުގެ ރަކްއަތުގެ ޢަދަދާއި ވަޤުތާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން ގަނދުމަ އައުކޮށްލައިދޭނަމެވެ.

ފެންނަން ހުރި ޞައްޙަ ޙަދީޘްފުޅުތަކަށްބަލާއިރު ޟުޙާ ނަމާދުގަ 2 ރަކްއަތް ކުރަން ރަސޫލް (ﷺ) އިރުޝާދު ދެއްވަވާފައިވެއެވެ. އަދި 4 ރަކްޢަތާއި 8 ރަކްޢަތް ރަސޫލް (ﷺ) ވަނީ ކުރައްވަވައިފައެވެ. 8 ރަކްޢަތް ކުރައްވަވާފައިވަނީ މައްކާ ފަތަޙަ ކުރެއްވެވި ދުވހުއެވެ.

އެންމެ ގިނަ ހަދީޘްފުޅުތައް ރިވާ ކުރެއްވެވި އެއް ބޭކަލަކު ކަމުގައިވާ އަބޫހުރައިރާގެ އަރިއަހުން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނުގެ ޞާޙިބާ، (ﷺ) 3 ކަމަކަށް ތިމަންނާއަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމަށާއި ޞުޙާގެ 2 ރަކްޢަތް ނަމާދު ކުރުމާއި ނިދުމުގެ ކުރިން ވިތުރިކުރުން ކަމަށެވެ."

އަބޫ ޛައްރުވެސް  ރިވާކުރައްވަވާފައިވަނީ 2 ރަކްޢަތް ކަމަށެވެ. 12 ރަކްޢަތް ކަމަށް ބަޔާން ކުރާ ޙަދީޘަކީ ސަނަދުގެ ގޮތުން ބަލިކަށި ޙަދީޘްއެކެވެ. 

ޟުޙާ ނަމާދުގެ ވަގުތަކީ އިރުއަރައި 15 ވަރަކަށް މިނިޓް ވުމެވެ. (މެންދުރު ނަމާދުގެ ވަޤުތު ޖެހުމާއި ޣާތްވަންދެން ނަމާދުގެ ވަޤުތު ދެމިގެންދެއެވެ.)  

ވީމާ ސުންނަތުން ސާބިތުވާ ޢަދަދުތަކުން އެމީހަކުކުރަން ބޭނުންވަރަކަށް ކުރާށެވެ. އެއީ 2،4،8 އެވެ. 

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން