ޙައިޟްގެ ދުވަސަވަރަކީ ނަމާދުނުކޮށް ހުރުމަށް ލިބޭ ޗުއްޓީއެކެވެ. ގިނަ ބައަކަށް މައްސަލައަކަށްވަނީ ޗުއްޓީ ނިމުމުން އަލުން ނަމާދުކުރަން ފަށައިގަތުމެވެ. އެއީ އެދުވަސްވަރު ކުރުން ހުއްދަވެގެންވާ އަޅުކަން ނުކޮށް ތިބެވޭތީއެވެ. ޛިކުރުނުކުރާތީއެވެ. އެހެންވެ ޝައިޠޯނާ މާބޮޑަށް ބާރުގަދަކޮށްލަނީއެވެ.
ވީމާ ޙައިޟުގެ ދުވަސްވަރުގައިވެސް ޛިކުރުކުރާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ. ދީނީ ފޮތްތައް ކިޔާށެވެ! ދަރުސްތައް އަޑުއަހާށެވެ. އެއިރުން ޝައިތޯނާއަށް ތިބާއާއި ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް!:
ޙައިޟުގެ ދުވަސްވަރު ނަމާދުކުރުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން އޮތްގޮތެވެ.
ޙައިޟުގެ ދުވަސްވަރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. އަދި އެ ދުވަސްވަރު ގެއްލޭ ނަމާދުތައް ޤަޟާ ކުރަކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް ޙައިޟުނުވެ ހުއްޓައި ވަޤުތު ޖެހި، އެނަމާދު ނުކުރެވި ވަނިކޮށް ޙައިޟުވެއްޖެނަމަ އެ ނަމާދު ޤަޞާކުރަންޖެހޭނެއެވެ.
-- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް