ޤުރްއާން ކިޔެވުމާ ހިތްގުޅި ކިޔަވަމުންދާނަމަ އާދައާ ޚިލާފް ކަންތައްތައްވެސް ދައްކަވާ! ތިބާއަށް އެފަދަ ނަޞީބެއް ލިބުމަށް ބޭނުމެއް ނުވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޤުރްއާން ކިޔެވުމާ ހިތްގުޅި ކިޔަވަމުންދާނަމަ އާދައާ ޚިލާފް ކަންތައްތައްވެސް ދައްކަވާ! ތިބާއަށް އެފަދަ ނަޞީބެއް ލިބުމަށް ބޭނުމެއް ނުވޭތަ؟

ކީރިތި ޤުރްއާން ކިޔަވާ މީހުން ވަރަށް ގިނައެވެ.

މައްސަލައަކަށްވަނީ އެމީހުންގެ ހިތް ޤުރްއާނާއި ގުޅިފައިވާ މިންވަރެވެ. ނުވަތަ ގުޅޭކަމެވެ. އެކަން ކުރަނީ ދޭންޖެހޭ ސަމާލުކަންދީގެން ކަމެވެ. އަދި ކުރާހިތުން ކަމެވެ.  

ކީރިތި ޤުރްއާނަކީ އާދައިގެ ފޮތެއް ނޫނެވެ. ކަރުދާހުގައި ލިޔެވިފައިވީނަމަވެސް އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކެވެ. ﷲ ތަޢާލާގެ ކަލާމްފުޅު ކަމަށް ބުނެވެނީ އެސަބަބަށްޓަކައެވެ. ވަޙީބަސްފުޅުތައް ﷲ ތަޢާލާގެ ޙަޟްރަތުން ޖިބްރީލްގެފާނު ގެނެސް ދެއްވެވި ގޮތަށް އެއްވެސް ބަދަލެއް ނައިސް މިއަދާއިހަމައަށް ދެމިއޮތްކަމާއި ދުނިޔެ ނިމެންދެންވެސް ބަދަލެއް ނުގެނެވޭނެކަން އެއީ އެފޮތުގެ އެންމެ ބޮޑު މުޢްޖިޒާތެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ތިބާގެ ހިތުގައި ޤުރްއާނަށާއި ޤުރްއާން ކިޔެވުމަށް ސަމާލުކަން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

އެއީ ކޮންމެ ރެއަކުވެސް ނިދަން ބޭއްވުމުން ތެދުވެ އިރުތަކެއްވަންދެން ބާރަށް ކީރިތި ޤުރްއާން ކިޔަވަމުން އައި ކުއްޖެކެވެ. އެކުއްޖާ ކިޔަވަން ފެށުމުން މަންމަ ކޮންމެ ރެއަކުވެސް ދޮރުގައި ކަންފަތްޖަހައިގެން (ބޭރުގައި ހުރެ) ކުއްޖާ ކިޔަވާ އަޑުއަހައެވެ.  

އެކުއްޖާ މަރުވީއެވެ. މަރުވުމުންވެސް ދަރިފުޅުގެމަތިން ހަނދާންކުރުމަށްޓަކައި އާދައިގެމަތިން މަންމަ އެވަޤުތުގޮސް ދޮރުގައި ކަންފަތްޖަހައެވެ. ކަންފަތް ޖެހުމުން އިވެނީ މީހަކު ރޯއަޑެވެ. ފުރަތަމަ ހީކުރެވުނީ ފިރިމީހާ އެކޮޓަރިއަށްވަދެ ރޮނީ ކަމަށެވެ.  

ނަމަވެސް ފިރިމީހާ ނިދާކޮޓަރީގައި އޮންނަ ވަޤުތުތަކުގައިވެސް އެއަޑުއިވޭތީ އެއީ ފިރިމީހާގެ އަޑުނޫންކަން އެނގުމުން އެވާހަކަ ބައެއް އެކުވެރިންނަށް ޙިއްޞާކުރުމުން ބުނީ އިމާމަކަށް ޙިއްޞާކުރުމަށެވެ. އިމާމަކަށް ހިއްޞާކުރުމުން އައިސް އަޑުއަހާފައި އިމާމްވެސް ފެށީ ރޯށެވެ!  

ރޮނީ ކީއްވެގެންތޯ އިމާމް އާއި ސުވާލުކުރުމުން ބުނީ އެއިވެނީ އިންސާނެއްގެ ރުއިމުގެ އަޑު ނޫންކަމަށާއި ޤަބޫލުކުރެވެނީ ރޫޙާނީ އަޑެއް ކަމަށެވެ. (މަލާއިކަތުން ފަދަ ބައެއްގެ އަޑުކަމަށެވެ) މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

މިއީ ސޯޝަލް މީޑިއާއިން އަޑުއެހި ވާހަކައެކެވެ. ކަމުގެ ޙަޤީޤަތާއިމެދު އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް މިހުންނަނީ ނުހިނގާނެ ކަންކަން ކަމަށް ބުނާކަށްވެސް ނެތީމެވެ. ކީރިތި ޤުރްއާނާއި ގުޅިގެން މިއަށްވުރެ މާބޮޑެތި ކަންކަންވެސް ފެނިފައިވާތީއެވެ.  

މީސްތަކުންނޭވެ! ކީރިތި ޤުރްޢާން ކިޔަވާށެވެ! ޢަމަލުކުރާށެވެ! ލައްވަވާނެ ރަޙްމަތް ވަޒަން ކުރަންވެސް ނުއެނގޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން