ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމަށް ސަމާލުކަންދޭންޖެހޭ މިންވަރު ޙަދީޘުން-

ކިޔުމަށް ހޭދަވާނީ 3މ 24ސ
ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމަށް ސަމާލުކަންދޭންޖެހޭ މިންވަރު ޙަދީޘުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ޢަބްދު ﷲ ބިން ޢުމަރް ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

عن عبد الله بن عمر رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: «صلاةُ الجَمَاعَة أَفضَلُ من صَلاَة الفَذِّ بِسَبعٍ وعِشرِين دَرَجَة».

މާނައީ: "އެކަނިހުރެ ކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާ ނަމާދު ހަތާވީސް ދަރަޖަ އިތުރުވެގެންވެއެވެ." 

މިޙަދީޘްފުޅުގައި ރަސޫލާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ބަޔާން ކުރައްވަނީ ޖަމާޢަތުގައި ކުރާ ނަމާދާއި، އެކަނި ކުރާ ނަމާދުގެ ދަރަޖަ ތަފާތު ކަމާއި، ޖަމާޢަތުގެ ނަމާދުގެ މަތިވެރިކަމެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އެހެން ޙަދީޘް ބަސްފުޅުތަކުގައިވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. 

އެހެން ޙަދީޘް ބަސްފުޅެއްގައިވެއެވެ. 

އަބީހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. 

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏والذي نفسي بيده، لقد هممت أن آمر بحطب فيحتطب، ثم آمر بالصلاة فيؤذن لها، ثم آمر رجلا فيؤم الناس، ثم أخالف إلى رجال فأحرق عليهم بيوتهم‏"‏ ‏

ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ދަރު އެއްކުރައްވާ ބަންގި ގޮވަން އަމުރުކޮށް މީސްތަކުންނައިގެން ނަމާދުކުރުމަށް މީހަކަށް އަމުރު ކުރުމަށްފަހު ފަރްޟު ނަމާދަށް ނައިސް ތިބޭ ފިރިހެނުންގެ ގެތައް ބަލާ އެގެތައް އެމީހުންގެ މައްޗަށް އަލިފާން ޖަހާ އަންދާލަފާނަމޭ ތިމަންކަލޭގެފާނު ހިތްޕުޅަށް އަރައިވަޑައިގަންނަވައެވެ.  

މި ދެ ޙަދީޘް ބަސްފުޅުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ: 

·      ފިރިހެނުން މިސްކިތައް ޖަމާޢަތައް ދިޔުމުގެ މުހިއްމުކަން

·      ފަރްޟު ނަމާދު ވަގުތުގައި އަދާކުރުންވެސް

·      ނަމާދުގެ މުހިއްމުކަން

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 43 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ ‎﴿٤٣﴾‏

މާނައީ: "އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ! (43)"

 

މިއަދު އޮންލައިން