މަސައްކަތް ކުރަމުން ޛިކުރުތައް ނުކިޔުނުނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނެ! އެކަމުން ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަސައްކަތް ކުރަމުން ޛިކުރުތައް ނުކިޔުނުނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނެ! އެކަމުން ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގޭތަ؟

ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. އަހަރެމެން އެންމެންނަކީ ވެސް ހަމަ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ.  

ދުނިޔޭގައި މީސްތަކުންގެ އަޅުންގެމަތިން އެ އަޅުންގެ ޞާޙިބުން ހަނދާނެއް ނުކުރެއެވެ. އެއީ އެއްވެސް އަގެއްހުރި ބައެއްގެ ގޮތަކުވެސް ނުދެކެއެވެ.  

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ! ކޮންމެ މީހަކީވެސް އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެ އަޅަކަށްވުމުގެ ފުރުޞަތު މިވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ކުރަން އޮތް ކަމަކީ ހަމައެކަނި މިއާޔަތް ހަނދުމަކޮށް ޢަމަލުކުރަންވީއެވެ!  

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152) 

ވީމާ ލިބޭ ކޮންމެ ވަގުތަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެމީހާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކަށް ﷲ ތަޢާލާ އެމިހާގެ މަތިން ހަނދުމަކުރައްވަވާނެތެވެ! އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުން ކަމުގައިވާއިރު މިއީ ދެއްވަވާފައިވާ ކިހައި މަތިވެރި ފުރުޞަތެއް ހެއްޔެވެ؟ ފުރުޞަތުގެ ބޭނުން ހިފުން ގިނަކުރާށެވެ! ﷲ ތައާލާގެ ޙަޟްރަތާއި ކުއްތަންވާން ގަދައަލައި ަމސައްކަތް ކުރާށެވެ! ހުރިހާ ކުރިއެރުމެއްވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން