ސިއުޒާ
އަނބުފަތުން ކުރާ ފައިދާތައް ހިމެނޭ ބައެއް ބުއިންތައް ކުރިންވެސް ވާނީ ގެނެސްދެވިފައެވެ. މިގެނެސްދެނީވެސް ހަމައެފަދަ ފައިދާހުރި ބުއިމެކެވެ.
އަނބު ފަތު ސައި:
ހަށިގަނޑުގައި ހުންނަ ރިހުންތައް، ބުރަކަށީގެ ރިހުން، ކަކުލުގެ ރިހުން، އަދި މިނޫނަސް ދާއިމީ ގޮތަކަށް ހުންނަ ބޮލުގެ ރިހުމަށް ހައްލެއް ބޭނުންތޯ؟
ބޭނުންވާނެ ތަކެތި:
5 އަނބު ފަތް
500 މިލި ލީޓަރު ފެން
ފެންފޮދު ތެއްޔަށް އަޅާލުމަށްފަހު އެއަށް ފަތްކޮޅު އަޅާލައިގެން ރަނގަޅަށް ކައްކާލާށެވެ.
މި ސައި ބުއިމުން މުޅި ހަށިގަނޑުގައި ހުންނަ ވިހަތައް ސާފުކޮށްލައިދެއެވެ. އަދި މިފަތުން މުޅި ހަށިގަނޑުގައި ހުންނަ އިންފްލެމޭޝަން (އެތެރެހަށީގައި ހުންނަ ދުޅަތައް) ކުޑަކޮށްދެއެވެ. އަދި ރިހުންތައް ނައްތާލައެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު