ޢާއިޝަތު ރަފާޙް ޢަލީ
ވަގުތު މެނޭޖްކުރުމުގައި ތިރީގައިވާ 10 ކަމަކީ ތިބާގެ އިސްކަންދޭ ލިސްޓުގައި ހިމަނައި، ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ޖާގަދޭންޖެހޭނެ ކަންކަމެވެ.:
1. ނަމާދާއި އިސްލާމްދީނުގެ އަނެއް 4 ރުކުން
ފަރުޟު ފަސް ނަމާދާއި، އިސްލާމްދީނުގެ ބާކީ ހުރި ރުކުންތައް އަދާކުރުމަށް އެންމެ ފުރަތަމަ އިސްކަންދޭށެވެ.
2. ތިމާގެ ޒިންމާގެ ދަށުގައިވާ މީހުން
ތިބާގެ ދަރިން، ތިބާގެ ބައިވެރިޔާ (އަނބިމީހާ/ފިރިމީހާ)، އަދި ތިބާގެ މައިންބަފައިންނަށް ވަގުތު ދޭށެވެ.
3. އަމިއްލަ ނަފްސު
ތިބާގެ ސިއްހަތު، ދުޅަހެޔޮކަން، ނިދި، ހޮބީތައް، އަދި ހިތްހަމަޖައްސާލުމަށްޓަކައި ކުރާ ޙަލާލު މުނިފޫހިފިލުވުންތަކެވެ. އެކަމަށް ވަގުތެއް ކަނޑައަޅާށެވެ. އެއީ ހަމައެކަނި ތިމާގެ ހަކަތަ އާކޮށްލާ މިންވަރަށެވެ. އެކަމުގެ ސަބަބުން ކަންނެތްވެ، މާނައެއް ނެތް ކަމަކަށް ބަދަލުވާން ފެށުމުން، އެކަން ހުއްޓާލާފައި އެހެން ކަމަކަށް ދާށެވެ.
4. ވައުދުތަކާއި އެއްބަސްވުންތައް
ވަޒީފާގެ ތެދުވެރިކަމާއި، ކޮންޓްރެކްޓްތަކާއި، ވާ ވައުދުތައް ފުއްދުމަކީ ވަގުތު މެނޭޖްކުރުމުގައި އިސްކަންދޭންޖެހޭނެ ކަމެކެވެ. މިސާލަކަށް، ތިބާއީ ހެނދުނު 9 އަކުން ހަވީރު 5 އަކަށް މަސައްކަތްކުރާ މީހެއްނަމަ، އެއްބަސްވުމުގައި އޮންނަ ގޮތަށް 5 ޖަހާއިރު ނިކުންނާށެވެ. 4 ޖަހާއިރު ނުވަތަ 4:30 ގައި ނުނިކުންނާށެވެ. ކޮންޓްރެކްޓަށް ބޯލަނބާށެވެ. ވީ ވައުދުތައް ފުއްދާށެވެ. ކުރުމަގުން ކަންކަން ނިންމާލަން ނޫޅޭށެވެ.
5. ދިރިއުޅުމުގެ އާމްދަނީ އާއި ރިޒުޤު
ﷲ ތިޔަބައިމީހުންނަށް ދެއްވި މުދަލުން އާޚިރަތް ހޯދަން މަސައްކަތްކުރާށެވެ. ނަމަވެސް ދުނިޔޭގެ ބައިވެސް ހަނދާންނައްތާނުލާށެވެ. އަދި ﷲ ތިބާއަށް ހެޔޮކޮށް ހިތްވެވޮޑިގަތް ފަދައިން، ތިބާވެސް މީހުންނަށް ހެޔޮކޮށް ހިތާށެވެ. އަދި ބިމުގައި ފަސާދަ އުފައްދަން މަސައްކަތް ނުކުރާށެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. ﷲ ތިޔަބައިމީހުންނަށް އިޚްތިޔާރުތަކާއި ނިޢްމަތްތައް ދެއްވިއެވެ އަހަރެމެން ޖެހެނީ އެކަލާނގެއަށް ރުޖޫޢަވާށެވެ.
6. ޢިލްމު އުނގެނުން
ފުރަތަމަ ދީނީ ޢިލްމެވެ. ދެވަނައަށް ދުނިޔޭގެ ޢިލްމެވެ. އެއީ ދިރިއުޅުމުގެ މަގުސަދު ޙާޞިލުކުރުމަށް އެހީތެރިވެދޭނެ އެއްޗެހިތަކެކެވެ.
7. ސުންނަތް އަޅުކަންތައް
ސުންނަތް ނަމާދުތަކާއި، ދަމުނަމާދާއި، ދުޢާކުރުމާއި، ޝުކުރުވެރިވުމުގެ ނަމާދުތައް ހިމަނާށެވެ. އަދި ހަމައެކަނި ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން މީހަކަށް ކޮށްދޭ އިތުރު އެހީތެރިކަން ފަދަ ކުދިކުދި ކަންކަން ހިމަނާށެވެ.
- ޝައިޚް ބިލާލް އަސްޢަދުގެ ދަރުސަކުން
- މިއަދުނޫސް