ދެމަފިރިންވެސް ޛިކުރުކޮށް ދުޢާކުރާނަމަ ކުރިމަތިވާ ކަންކަމުން އަރައިގަނެވޭނެ! އުފާވެރިކަންވެސް ލިބޭނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 2މ 33ސ
ދެމަފިރިންވެސް ޛިކުރުކޮށް ދުޢާކުރާނަމަ ކުރިމަތިވާ ކަންކަމުން އަރައިގަނެވޭނެ! އުފާވެރިކަންވެސް ލިބޭނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ  


ދެމަފިރިންވެސް ޛިކުރުކުރުމާއި ދުޢާކުރުން:  

ގިނަގިނައިން ޛިކުރުކުރުމާއި، ކައިވެނީގައި ބަރަކާތް ލެއްވުން އެދު ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުމެން ކޮންމެ ކަމަކަށްވެސް ﷲ ތަޢާލާގެ ފަރާތުން އެދެން ވާނެއެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުއްވަންތަ ރަސްކަލާނގެއެވެ.  

ޛިކުރުކުރުމާއި އިސްތިޣްފާރު ކުރުމުގެ ސަބަބުން ﷲ ތަޢާލާ ކަންކަން ފަސޭހަ ކޮށްދެއްވާނެތެވެ. ވީމާ އެކަލާނގެ ހަނދުކޮށް ﷲ ތަޢާލާއާއި ކުއްތަންވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

عن أبي هريرة رضي الله عنه قال : ( قِيلَ : يَا رَسُولَ اللَّهِ ! أَيُّ النِّسَاءِ خَيرٌ ؟ قال : التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ

އަބޫ ހުރައިރާ ރަޟިޔައްﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެެވެ.: ދެއްނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ ހެޔޮވެގެންވާ އަންހެނަކީ ކޮބައި ހެއްޔެވެ. ޙަދީޘްކުރެއްވިއެވެ.” އެއީ އޭނާއަށް ބަލައިފިނަމަ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ އަދި އަމުރެއް ކޮށްފިނަމަ އެ އަމުރަަށް ކިޔަމަންތެރިވާ އަންހެނާއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ އަތުގައިވާ ފިރިމީހާގެ މުދަލަށް ޚިޔާނާތްތެރި ނުވާ އަންހެނާއެެވެ." 

މި ޙަދީޘުފުޅުން ވެސް އެނގޭ ގޮތުން ރަނގަޅު ޞާލިޙް އަންހެނެއް އިޚްތިޔާރުކުރުމުގެ މުހިއްމުކަމެވެ.  

އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވެރި އަދި ހަޔާތް ބާއްޖަވެރިވުމަށް އެދޭނެއެވެ. އެހެންކަމުން އަބަދުވެސް އެކަމަށް ދުޢާކޮށް ޢާއިލާއަށްވެސް ހެޔޮކަންކަން ކުރުމަށް ހިތްވަރުދީ ބާރުއެޅުމަކީވެސް ކުރެވިދާނެ ކަމެެކެވެ. 

އަޅުގަނޑުމެން ދުވާލު ގަޑީގައި މަސައްކަތުގެ ގަޑީގައިވެސް، ގެއިން ބޭރުގައިވެސް ﷲ ތަޢާލާއަށް ޛިކުރު ކުރެވިދާނެއެވެ.  

އެގޮތުން ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

﴿فَاذْكُرُونِي أَذْكُرْكُمْ﴾ [سورة البقرة ١٥٢]

މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."

މިއަދު އޮންލައިން