ރަށުގަ ހަމަޖެހިލައިގެން އުފަލުގަ ހުރެ މުޖާހިދަކަށްވެވުމުގެ އިތުރަށް މުޅި ރޭގަނޑު ރޭ އަޅުކަންކުރާ އަދި ހުރިހާ ދުވަހަކު ރޯދަ ހިފާ މީހަކަށްވެވެން އޮތްމަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރަށުގަ ހަމަޖެހިލައިގެން އުފަލުގަ ހުރެ މުޖާހިދަކަށްވެވުމުގެ އިތުރަށް މުޅި ރޭގަނޑު ރޭ އަޅުކަންކުރާ އަދި ހުރިހާ ދުވަހަކު ރޯދަ ހިފާ މީހަކަށްވެވެން އޮތްމަގު-

ޢާންމު ގޮތެއްގައި މުޖާހިދުން ކިޔަނީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވެ ޖިހާދުކުރާ މީހުންނަށެވެ. އެއްވެސް ހަނގުރާމައަކަށް ނުގޮސް (ހަނގުރާމައިގެ މައިދާނުގައި ހަނގުރާމައެއް ކުރުމަކާއި ނުލައި) ﷲ ތައާލާގެ މަގުގައި ޖިހާދުކުރާ މުޖާހިދަކަށްވެ މުޅި ރޭގަނޑު ރޭ އަޅުކަންކުރާ މީހަކަށާއި ހުރިހާ ދުވަހަކު ރޯދަ ހިފާ މީހަކަށްވާން ބޭނުން ހެއްޔެވެ؟ 

އެމަގު މިއޮތީ ފެންނާށެވެ. ކުރަންވީ ކަމަކީ ހުވަފަތް އަންހެނެއް ނުވަތަ ފަޤީރަކަށް އެހީތެރިވެ ބަލަހައްޓަންވީއެވެ. އޭނާގެ ޙާލުބަލައި އޭނާއަށް އެހީތެރިވެދޭންވީއެވެ. އަމިއްލަ ގެއެއް ނެތް ނަމަ ގެއަށް ގެނެސްގެން ގެންގުޅެންވީއެވެ. އެމީހެއްގެ ގެ ހުރިނަމަ އެގޭގައި ބައިންދައިގެން ބެލެހެއްޓިނަމަވެސް ފުދޭނެއެވެ. 

Prophet Muhammad (ﷺ) said: "The one who looks after a widow or a poor person is like a Mujahid (warrior) who fights for Allah's Cause, or like him who performs prayers all the night and fasts all the day." Sahih al-Bukhari 5353 

ލޮބުވެތި އަޚުންނޭވެ! މި ޙަދީޘްފުޅުން އެނގިގެން މިދަނީ ހުވަފަތް އަންހެނުންނާއި ފަޤީރުންނަށް އެހީތެރިވުމުގެ މަތިވެރިކަމެވެ. ގެދޮރުގެ ތަނަވަސްކަން ހުރިނަމަ އެފަދަ އެންމެ މީހަކު ނިކަން ގޭގައި ގެންގުޅެބަލާށެވެ. އަމިއްލަ ގެދޮރުގައި ތަނަވަސްކަން ނެތް ނަމަ އެފަދަ މީހުން ހޯދައި އެމީހުން ދިރިއުޅޭ ގޭގެއަށް ނުވަތަ ތަންތަނަށް ގޮސް އެހީތެރިވެދޭށެވެ. ފައިސާ ދިނުމުގެ ތަނަވަސްކަން ނެތްނަމަ ކޮންމެވެސް ކަމެއް ކޮށްލައިދީގެން އެޙީތެރިވެދޭށެވެ!

ބައެއް މީހުން އެބަ ބުނެއެވެ. "އިސްލާމް ދީނުގެ ޙިމާޔަތުގައި ނުވަތަ އިސްލާމް ދީނަށް ނަޞްރު ދޭން ކުރާނެ ޖިހާދެއް މިހާރަކު ނެތެވެ. ވީމާ މުޖާހިދެއްގެ ދަރަޖަ ހޯދަން ކުރެވޭނެ ކަމެއް ނެތެވެ." މިފަދައިން ބުނާ މީހުން އަމަލުކުރަންވީ ގޮތް މިއޮތީ މި ޙަދީޘްފުޅުން ފެންނާށެވެ.

ގިނަގުނަ ސަވާބު ހޯދޭނެ ފަސޭހަ މަގުތައް ﷲ ތަޢާލާ ވަނީ ފަހިކޮށްދެއްވަވައިފައެވެ. އަހަރެމެންނަށް އޮތީ ފުރުޞަތުގެ ބޭނުން ހިފަން ކެރުނުވަރެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން