ތަޤްވާވެރި ބައިވެރިއަކު ހޯދައި ކުށެއް ނުކުރަން މަސައްކަތްކުރުމާއިއެކުވެސް ކުރެވޭ ކުށްތަކަށް ދީލަތިކަމާއެކު މާފުކުރާނަމަ ދެމަފިރިންނަށް އަބަދުވެސް އޮންނާނީ އުފާވެރިކަން!

ކިޔުމަށް ހޭދަވާނީ 2މ 30ސ
ތަޤްވާވެރި ބައިވެރިއަކު ހޯދައި ކުށެއް ނުކުރަން މަސައްކަތްކުރުމާއިއެކުވެސް ކުރެވޭ ކުށްތަކަށް ދީލަތިކަމާއެކު މާފުކުރާނަމަ ދެމަފިރިންނަށް އަބަދުވެސް އޮންނާނީ އުފާވެރިކަން!

ޢާއިޝަތު ރަފާޙް ޢަލީ  

·      މަޢާފުކުރުން 

އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. އެހެންކަމުން ކުށެއް ކުރެވުނު ނަމަވެސް އެކުށަށް ދެމަފިރިން އެކަކު އަނެކަކަށް މަޢާފްކޮށް އެކުށް ތަކުރާރު ނުކުރެވޭތޯ ބަލަން ވާނެއެވެ. ދެމަފިރިން އެކަކު އަނެކަކުގެ ޚިޔާލު ތަފާތުވާނެއެވެ. ނަމަވެސް ދެކޮޅުވެރިކަމާއި ބަދަލު ހިފުމުގެ އާދަ ގެންގުޅެގެން ނުވާނެއެވެ. އަބަދުވެސް ދެމީހުންނަށް އިޙްތިރާމްކޮށް ދެމީހުންގެ ދެމެދުގައި ރިވެތި ޢަޚްލާޤީ ސިފަތައް ގެންގުޅެން ވާނެއެވެ. އެކަމުގެ އަޘަރު ދަރީންނަށް ކުރާނެއެވެ.  

އެގޮތުން ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ކައިވެނީގެ ކުރީންވެސް ވިސްނަންޖެހޭ ކަންކަން އެބަހުއްޓެވެ. އެގޮތުން ރަނގަޅު ހެޔޮލަފާ މީހަކު ކައިވެންޏަށް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

ތިމާގެ ޙަޔާތުގައި ދިމާވާ ކޮންމެ އުފަލަކާއި، ހިތާމައެއްގައި ބައިވެރިވެ، އަދި ތިބާ ހެޔޮކަންކަން ކުރުމަށް ހިތްވަރަކަށް ވާނެ، ރަނގަޅު ސިފަތަކެއް ހުއްނަން ލާޒިމު މީހަކަށް ތިބާގެ ބައިވެރިޔާ ވާންޖެހެއެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެންމެ ރަނގަޅު އަންހެނަކީ އެކަނބުލޭގެ އަށް ބަލައިލުމުން ފިރިމީހާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ އަންހެނާއެވެ." 

އަދިވެސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ

މާނައީ: "ހަތަރު ކަމަކަށް ޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. އެއީ އޭނާގެ މުދަލަށާއި، އޭނާގެ ޙަސަބަށާއި، އަދި އޭނާގެ ރީތި ކަމަށާއި، އޭނާގެ ދީން ވެރިކަމަށް ޓަކައެވެ. ފަހެ ދީންވެރި މީހާ އިޚްތިޔާރު ކުރާށެވެ. އެހެންނޫނީ ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ." 

މިޙަދީޘުފުޅުގައި ޞާލިޙް އަންހެނުން އިޚްތިޔާރު ކުރަމަށް އެބައޮތެވެ. ހަމައެފަދައިން، އަންހެނުން ކައިވެނި ކުރުމަށްޓަކައި ރަނގަޅު ޞާލިޙް ފިރިހެނުން އިޚްތިޔާރު ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ރަނގަޅު ޞާލިޙް މުޖުތަމަޢެއް ބިނާވެގެން ދާނީ މައިންބަފައިން ރަނގަޅު ބަޔަކަށް ވެގެންނެވެ.  

އަޅުގަނޑުމެން އެންމެންވެސް ކައިވެނީގެ މަޤްޞަދަކަށް ވާން ވާނީ ﷲ ތަޢާލާ އެންގެވި ގޮތަށް އުޅެ، ކައިވެނީގައި ބަރަކާތް ލައްވާ، ކައިވެނި ދެމެހެއްޓޭތޯ މަސައްކަތްކޮށް، ދެމަފިރިންވެސް ރަނގަޅަށް ދަރީން ތަރުބިއްޔަތުކުރުމެވެ.

މިއަދު އޮންލައިން